އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަލުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ބައްސާމް ގޭބަންދަށް ބަދަލުކުރީ އޭނާގެ ފަރާތުން ހުށަހެޅި ސިއްހީ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމަށް ފަހު، ވަކި މުއްދަތެއް ނެތް ގޮތަށެވެ.
މީގެ ކުރިން މި އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ސިއްހީ ސަބަބުތަކަށްޓަކައި އޭނާ ގޭބަންދަށް ބަދަލުކުރިއެވެ. ނަމަވެސް އެކަމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން، 24 ގަޑިއިރު ވެސް ނުވަނީސް އޭރު ވަނީ އަލުން އޭނާ ޖަލަށް ބަދަލުކޮށްފައެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރު ބޭނުންކޮށްގެން އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކި މައްސަލައިގައެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ އޭނާ 23 އަހަރަށް ޖަލަށް ލުމުގެ އިތުރުން 44 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު