ތައިލެންޑުގެ ވެރިރަށް ބެންކޮކް ގައި ދިވެހިންގެ މެދުގައި ވެސް މަގުބޫލު ވިޔަފާރި މަރުކަޒެއް ކަމަށްވާ "ކްލޯންގް ތޮމް ސެންޓަރު" ގައި ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
މި މަރުކަޒަކީ އުޅަނދުފަހަރުގެ ސްޕެއާ ޕާޓްސް، މަސައްކަތު ސާމާނު، އިލެކްޓްރޯނިކްސް ސާމާނު އަދި ބޭނުންކޮށްފައިވާ ތަފާތު އެކި ބާވަތްތަކުގެ ތަކެތި ވިއްކުމަށް މަޝްހޫރު ބޮޑު މާރުކޭޓެކެވެ.
މި ހާދިސާގެ ރިޕޯޓް ރާމާ 199 އެމެޖެންސީ ރޭޑިއޯ ސެންޓަރަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:42 ގައެވެ. ރިޕޯޓް ލިބުމާއެކު، ވޮރަޗަކް މަގުގައި ހުންނަ މި މާރުކޭޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވޮލަންޓިއަރުންނާއި މީހުން ސަލާމަތްކުރާ ޓީމުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ފެށިއެވެ.
ސުއާން މާލީ ފަޔާ އެންޑް ރެސްކިއު ސްޓޭޝަންގެ އަލިފާން ނިއްވާ ފަރާތްތަކުން އެންމެ ތިން މިނެޓުގެ ތެރޭގައި އެ ސަރަހައްދަށް ދިޔައިރު، އިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ފިހާރައަކުން އަލިފާން ރޯވެ، ބޯ ދުން އަރަމުންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
އިމާރާތުގެ އެހެން ފިހާރަތަކަށާއި ބައިތަކަށް އަލިފާން ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅައި ހޮޅިތަކުން ފެންޖަހަން ފެށިއެވެ. އަދި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ވަންދެން އަލިފާން ނިއްވާ ފަރާތްތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ލިބުނު ގެއްލުމުގެ ތަފްސީލު އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ކަމާބެހޭ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މި ހާދިސާ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް އޮފިޝަލުން މިހާރު ދަނީ ކުރަމުންނެވެ.
ކްލޯންގް ތޮމް ސެންޓަރަކީ އުޅަނދުފަހަރުގެ ސާމާނާއި، އިލެކްޓްރޯނިކްސް އަދި ދުވަސްވީ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ބެންކޮކްގައި ވަރަށް މަގުބޫލު ތަނެކެވެ. މީގެ އިތުރުން، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު ބާއްވާ "ނައިޓް މާކެޓް" އަކީ ދުވަސްވީ އަގުބޮޑު ތަކެއްޗާއި، ކުޅޭސާމާނު ފަދަ ތަފާތު ތަކެތި ހޯދުމަށް ގިނަ ބަޔަކު ޒިޔާރަތްކުރާ މަރުކަޒެކެވެ.

ކިޔުންތެރިންގެ ހިޔާލު