ދިވެހިރާއްޖޭގެ ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި އަޅާ ޕެސްޓު ކޮންޓްރޯލް ކުރުމަށް ބޭނުންވާ ސްޕްރޭޔަރުތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ބުނީ، މި ސްޕްރޭޔަރުތަކަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ގޮތުން، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ލިބިފައިވާ ތަކެތި ކަމަށެވެ.
މި އެމްއޯޔޫގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ ރާއްޖެއަށް 100،000 ޔުއާންގެ ހިލޭ އެހީ ދީފައެވެ. އަދި މި އެހީގެ ދަށުން 25 ސްޕްރޭޔަރު ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.
ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި ކޫޑި ފަދަ ސޫފާސޫފި އަޅައިގެން އެހީތެރިކަމަށް އެދޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ލާމަރުކަޒީ ޤާނޫނުގެ ދަށުން މިފަދަ ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ރަށު ކައުންސިލްތަކާއެވެ. އެހެންކަމުން، ރަށު ފެންވަރުގައި މިފަދަ ކަންކަން ހައްލުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މި ވަސީލަތްތައް ރަށްރަށުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ސްޕްރޭޔަރުތައް މިހާރު ވަނީ ރާއްޖޭގެ 20 އިދާރީ އަތޮޅަށް ހަވާލުކޮށްފައެވެ. މިގޮތުން މާލެ އަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީސްތަކާ މި ތަކެތި ހަވާލުކޮށްފައިވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކުރެވުނު ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި (ސިޓީ ކައުންސިލް)، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް (ސިޓީ ކައުންސިލް) އަދި ސ. ހިތަދޫ (ސިޓީ ކައުންސިލް) އެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ، މިގޮތަށް ހަމަޖެއްސީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޕެސްޓު ކޮންޓްރޯލް ކުރަން ޖެހިއްޖެ ހާލަތެއްގައި ވީހާވެސް ފަސޭހައިން އަދި އަވަހަށް ސްޕްރޭޔަރުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން، އެ އަތޮޅެއްގެ ރަށެއްގައި ޕެސްޓު ކޮންޓްރޯލްކުރަން ޖެހިއްޖެ ހިނދެއްގައި، ސިޓީ ކައުންސިލް ނުވަތަ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އެ ރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމާއި، ރަށްރަށުގެ ކައުންސިލްތަކާ މި މައުލޫމާތު ހިއްސާކުރުމާއި، އަދި ސްޕްރޭޔަރުތައް ރަނގަޅަށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު އޮފީސްތަކުގެ ޒިންމާއެކެވެ.
މި ފިޔަވަޅުގެ ސަބަބުން ރަށްރަށުގެ ރުއްގަހަށް ޖެހޭ ބަލިތަކާއި ޕެސްޓުގެ އުނދަގޫތަކުން ސަލާމަތްވުމަށް ކައުންސިލްތަކަށް ބޮޑު ލުޔެއް ލިބިގެންދާ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މަަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު