ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޔަޤީންކަން ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، އެކަންކަން ހާސިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައިބު ރައީސާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢާއި، ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރަށުގެ ފުޓްބޯޅަ އަދި ފުޓްސަލް ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށްދިނުމަށާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. އަދި ރަށުގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމާއި، ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި މުއައްސަސާތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު