ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށް ހިންގާ މަޝްރޫޢުގެ ދެވަނަ ބުރުގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސޮއި ކޮށްފައިވަނީ މި މަޝްރޫޢުގެ ދެވަނަ ބުރުގައި ހިމެނޭ 10 ރަށެއްގެ ކައުންސިލާއެކުގައެވެ. މި އެއްބަސްވުންތަކަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްތަކުގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ގަސް އިންދުމުގެ ޤައުމީ ހަރަކާތެއް ހިންގުމެވެ.
މި މަޝްރޫޢުގެ ދެވަނަ ބުރުގެ ދަށުން މިއަދު ނާސަރީ ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވުނު 10 ރަށަކީ ހދ. ނޮޅިވަރަމް، ކ. ހިންމަފުށި، އދ. ދިއްދޫ، ފ. ދަރަނބޫދޫ، ދ. މީދޫ، ލ. ހިތަދޫ، ލ. ފޮނަދޫ، ގދ. ވާދޫ، ފުވައްމުލައް ސިޓީ އަދި ސ. މީދޫ އެވެ.
މި ނާސަރީތައް ޤާއިމުކުރެވިގެން ދިއުމުން، އެކި ބާވަތްތަކުގެ ގަސްގަހާގެހި އާލާކުރުމަށާއި، ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ބޭނުންވާ ގަސްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށާއި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިފަދަ ނާސަރީތައް ހިންގުމަކީ ލާމަރުކަޒީ އުޞޫލުން މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން މުޅި ރާއްޖޭގައި ޖުމްލަ 20 ނާސަރީ ބިނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު، އިއްޔެ ސޮއިކުރެވުނު 10 ރަށާއެކު މި މަޝްރޫޢުގެ ބޮޑުބައެއްގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ދައުރުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ލަނޑުދަނޑި ހާސިލުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު