ދިވެހި ޤައުމުގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އަދި މިނިވަންކަން ވޭތުވެދިޔަ ނުވަސަތޭކަ އަހަރު ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ދިވެހީންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމްދީނުގައި ސާބިތުވުން" މި މަޢުޟޫޢަށެވެ. އެގޮތުން ޚުޠުބާގައި ބުނެފައިވަނީ، އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނުންނަށް މާތް ﷲ ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށެވެ. އަދި އެ ދީނަކީ މުޅި އިންސާނިއްޔަތަށް މާތް ﷲ ފޮނުއްވި ރަޙުމަތުގެ، އަދި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީގެ ހަމައެކަނި މަގު ކަމަށާއި، ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންވާ ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއް اللهގެ ޙަޟުރަތުގައި ޤަބޫލުނުކުރައްވާނޭކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން ވަނީ ހަނދާންކޮށްދީފައެވެ.
ޤައުމުގައި އިސްލާމްދީން ދެމެހެއްޓުމަށްޓަކައި ޤާނޫނީ، ސިޔާސީ، އަދި ތަޢުލީމީ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމަށް ޚުޠުބާގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި، ދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ އިތުރުން، ޝަރުޢީ ޙުކުމްތަކާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ. މީގެއިތުރުން، އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ހިމެނުމަށާއި، އިސްލާމީ ޢަޤީދާ ހިމާޔަތްވާނޭހެން ތަޢުލީމީ މަންހަޖު ބައްޓަންކޮށް، ޙާފިޒުންނާއި އިމާމުން އަދި ދީނީ ޢިލްމުވެރިން ބިނާކުރުމުގެ މަޝްރޫޢުތައް އިތުރުކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު، މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި ލުއިފަސޭހަ ގޮތްތައް އިޚްތިޔާރުކުރުމަށާއި، ހަރުކަށި ފިކުރުތަކާއި، ޙުއްޖަތެއް ނެތި މީސްތަކުން ކާފަރުކުރުމާއި، ޓެރަރިޒަމް ފަދަ ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. އަދި ޖަމާޢަތުގައި ނަމާދު ޤާއިމުކުރުމާއި، ރިވެތި އަޚުލާޤު ދެމެހެއްޓުމާއި، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ ރުކުން މުޖުތަމަޢުގައި ހަރުދަނާކުރަންޖެހޭ ކަމަށް ބަޔާންކުރިއެވެ.
ޚުޠުބާ ނިންމާލަމުން، އަންނަން އޮތް ޖީލުތަކަށް އިސްލާމީ ޞައްޙަ ޢަޤީދާ ފޯރުކޮށްދިނުމަށްޓަކައި ޢާއިލީ ފެންވަރުގައްޔާއި ފަރުދީ ފެންވަރުގައި ޒިންމާ އަދާކުރުމަށް ނަޞޭޙަތްތެރިވިއެވެ. އަދި ކޮންމެ ފަރުދަކީ ހެޔޮލަފާ މީހަކަށް ވެގެން މެނުވީ ރަނގަޅު ޢާއިލާއެއް، އަދި ހަރުދަނާ ދައުލަތެއް ބިނާނުކުރެވޭނެކަން ހަނދާންކޮށްދީ، އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްދިނުން އެދި ދުޢާ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު