ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެ، މާލީ ބޮޑެތި ޚިޔާނާތްތަކެއް ހިންގިކަން ސާބިތުވުމާ ގުޅިގެން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ފީފާއިން ނިންމައިފިއެވެ.
ފީފާއިން ނެރުނު ރަސްމީ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، ބައްސާމްގެ މައްޗަށް ވަނީ ނަހަމަ ގޮތުގައި މާލީ މުއާމަލާތްތައް ހިންގުމާއި، މަނީ ލޯންޑަރިންގެ އިތުރުން ފީފާއިން ދިން ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރިކަން ސާބިތުވެފައެވެ. ފީފާގެ އެތިކްސް ކޮމިޓީން ފާހަގަކުރި ގޮތުގައި، ބައްސާމް ވަނީ އިއްޒަތާއި އަބުރު ރައްކާތެރިކުރުމުގެ މާއްދާއާއި މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމުގެ މާއްދާ ހިމެނޭހެން އެތިކްސް ކޯޑުގެ ގިނަ މާއްދާތަކަކާ ކަނޑައެޅިގެން ޚިލާފުވެފައެވެ.
މި މައްސަލައިގައި ބައްސާމްގެ އިތުރުން، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށް، 100،000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ.
ބައްސާމްގެ ޚިޔާނާތުގެ މައްސަލަތައް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ ބަލާފައެވެ. އެގޮތުން، ފީފާގެ ކޮވިޑް ރިލީފް ފަންޑާއި ބޭރުގެ އެހީގެ ފައިސާ ބޭނުންކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލަ ފުލުހުން ތަހުގީގުކުރުމަށްފަހު، ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ. އަދި ޝަރުއީ ކޯޓުން ވަނީ ބައްސާމަށް ޖަލު ހުކުމެއް އިއްވައި، އެ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް ވެސް އަމުރުކޮށްފައެވެ.
ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ސިއްހީ ހާލަތަށް ރިއާޔަތްކޮށް މެޑިކަލް ބޯޑުގެ ލަފައާއެކު ބައްސާމް ފަހުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ފީފާގެ މި ހަރުކަށި ފިޔަވަޅާއެކު، ބައްސާމް ވެގެން ގޮސްފައިވަނީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފީފާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތިވި އެންމެ އިސް ވެރިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު