ސިނަމާލެ ބްރިޖް؛ ބްރިޖާއި ގުޅިފައިވާ ހުޅުމާލެ ހައިވޭގައި ދުއްވާއިރު ހެލްމެޓް އެޅުން ވަނީ މަޖުބޫރުކޮށްފަ (ރަސް ފޮޓޯ)
ސިނަމާލެ ބްރިޖް؛ ބްރިޖާއި ގުޅިފައިވާ ހުޅުމާލެ ހައިވޭގައި ދުއްވާއިރު ހެލްމެޓް އެޅުން ވަނީ މަޖުބޫރުކޮށްފަ (ރަސް ފޮޓޯ)
ސިނަމާލެ ބްރިޖު ހައިވޭގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 9:13 ހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިން މީހާއަށެވެ. ނަމަވެސް، އެ މީހާއަށް ލިބުނު އަނިޔާތަކުގެ ސީދާ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު