އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، ކީ-ސްޓޭޖް އެކެއް (ގްރޭޑް 1، 2 އަދި 3) ގެ މުގައްރަރަށާއި ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިއަދު ފެށުނު 8 ވަނަ "އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކުރުމަށްޓަކައި މަންހަޖުގެ ކޮންޓެންޓަށް މިހާރުވެސް އިސްލާހީ ބަދަލުތައް ގެންނަވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ފޮތްތަކަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ފޮތްތަކަށް ބަދަލު ގެންނަ މިއީ ފުރަތަމަ ފަހަރެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަންހަޖާއި ފޮތްތަކަށް ބަދަލު ގެނައި ނަމަވެސް، ތަޢުލީމީ ނިޒާމަށް ހަގީގީ ހެޔޮ ބަދަލެއް ގެނެވޭނީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ.
"ފޮތެއް އޮތަސް އެދުރެއް ނުވާނެ. ފޮތެއް ނޫން ހަގީގަތުގައި މުހިންމީކީ. މުހިންމީ އަޅުގަނޑުމެންގެ މި ތުއްތު ދަރިވަރުންގެ ތަޢުލީމު ބައްޓަންކުރަން ވިސްނާ ގޮތް. ހަގީގަތުގައި މީގެ އެންމެ ބޮޑު ބަދަލެއް އަންނާނީ އެކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، މި ޒަމާނުގެ ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި، މުދައްރިސުން ވެސް މިފަދަ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޓީޗަރުންގެ ކޮންފަރެންސްގެ ބޭނުން ހިފައި، ތަޢުލީމީ ސިޔާސަތުތަކާއި އުނގަންނައިދިނުމުގެ އައު ދިރާސާތަކާ ގުޅުވައިލުމަށް މުދައްރިސުންނަށް އިލްތިމާސްކުރެއްވިއެވެ.
މަތީ ސާނަވީ ތަޢުލީމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޭ-ލެވެލްގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް ހުރީ %30 އާއި %40 އާ ދެމެދުގައި ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ އަދަދު %50 އަށް އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ ފުރުސަތުތަކާއެކު، މަތީ ސާނަވީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް %60 އަށް މަތިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައިވެސް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު