މުދައްރިސުންނަށް ޚާއްޞަކޮށްގެން ބާއްވާ 8 ވަނަ "އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް" 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު މިއަދު ފަށައިފިއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް މިއަދާއި މާދަމާ ހުޅުމާލޭގެ ޝަހީދު ޢަލީ ހިނގުމުގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައި ކުރިއަށްދާނެއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޮންފަރެންސްގައި ބައިވެރިވުމަށް 300 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވާއިރު، އޭގެ ތެރެއިން 106 ފަރާތަކުން 70 ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ކީނޯޓް ތަޤުރީރު ދެއްވާނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓްގެ ސައުތު އޭޝިއާގެ މެނޭޖިންގ ޑިރެކްޓަރ އަރުން ރާޖަމަނީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ.
މި ކޮންފަރެންސްގެ ތެރެއިން މިއަދު "ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖިޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން" ގެ ނަމުގައި ޕެނަލް މަޝްވަރާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާދަމާ ބާއްވާ ޕެނަލް މަޝްވަރާގެ މަޢުޟޫޢަކީ "ބިޔޯންޑް އެކެޑެމިކްސް: ރީއިމޭޖިނިންގ އެޑިޔުކޭޝަން ތުރޫ އިންކްލޫޝަން، ވެލިއުސް، ރެލެވަންސް އެންޑް ޑައިވަރސް ޕާތުވޭސް" އެވެ.
މީގެ އިތުރުން، ބައިވެރިންގެ ހުނަރު އިތުރުކުރުމުގެ ގޮތުން ޖުމްލަ ހަތަރު މަސައްކަތު ބައްދަލުވުމެއް (ވޯކްޝޮޕް) ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގއ. މާމެންދޫ ސްކޫލާއި، މުޙްޔިއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލުގެ ފަރާތުން ޝާމިލުކޮށްގެން ކިޔަވައިދިނުމާ (އިންކްލޫސިވް އެޑިޔުކޭޝަން) ގުޅޭ ޚާއްޞަ ޕްރެޒެންޓޭޝަންތަކެއް ވެސް ހުށަހަޅާނެއެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ "ރީއިމޭޖިން، ރީތިންކް، ރިފޯމް - އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އިކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ" އެވެ.
ޓީޗަރުންގެ މި ކޮންފަރެންސަކީ ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ތަޢުލީމީ ދާއިރާއަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މުހިންމު ޙަރަކާތެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައިވަނީ 2024 ވަނަ އަހަރު މާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު