ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މެލޭޝިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފިއެވެ.
މިކަން އިޢުލާނު ކުރެއްވީ ރާއްޖެއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު
މުޢިއްޒާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ޕްރެސް ސްޓޭޓްމަންޓުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، މި ލޯނަކީ ދިވެހި ސަރުކާރުން އެދިފައިވާ އެދުމަކަށް އިޖާބަދިނުމުގެ ގޮތުން ހަމަޖައްސައިދިން އެހީއެއް ކަމަށެވެ.
މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ސެންޓްރަލް ބޭންކު މެދުވެރިކޮށް، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށެވެ. އަދި މި ލޯނާ ގުޅޭ އެންމެހައި އިދާރީ އަދި ޓެކްނިކަލް މަސައްކަތްތައް ދެ ޤައުމުގެ މަރުކަޒީ ބޭންކު ގުޅިގެން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމެވުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، މިފަދަ މުހިންމު އެއްބަސްވުމަކާ ހަމައަށް ވާސިލުވެވުނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ވަރުގަދަ އިތުބާރާއި ބަދަހި އެކުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
މާލީ ލޯނު އެހީގެ އިތުރުން، ވިޔަފާރީގެ ދާއިރާއިންވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މެލޭޝިއާ މެދުވެރިކޮށް ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ އިންތިޒާމުތަކަށް ވަރަށް އަވަހަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު ދެއްވިއެވެ.
ހަމައެއާއެކު، މެލޭޝިއާގައި ދިރިއުޅޭ އަދި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް އަންވަރު އިބްރާހީމް ވިދާޅުވިއެވެ. މިގޮތުން، އެ ޤައުމުގައި ދިރިއުޅޭ ދިވެހީންނަށް ވިސާއާއި އެހެނިހެން ކަންކަމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށާއި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މެލޭޝިއާ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު