ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުން
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުން
މިދިޔަ މަހުގެ ތެރޭގައި އެކި ބާވަތުގެ އަނިޔާއާއި ގޯނާއާ ގުޅޭ 101 މައްސަލައެއް ކުޑަކުދިން އަމިއްލައަށް އިސްނަގައިގެން ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 2،003 ފޯން ކޯލެއް މެދުވެރިކޮށް އެކި މައްސަލަތައް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން 1،514 މައްސަލައެއް ބޮޑެތި މީހުން ރިޕޯޓުކޮށްފައިވާއިރު، ގުޅި ފަރާތް ނޭނގޭ ގޮތަށް 388 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި 101 މައްސަލައަކީ އަނިޔާ ލިބުނު ކުދިން އަމިއްލައަށް ގުޅައި ހިއްސާކުރި މައްސަލަތަކެވެ. މީގެ އިތުރުން، އެ މިނިސްޓްރީން ވަނީ ކުޑަކުދިންނާ ގުޅުންހުރި ޖުމްލަ 257 މައްސަލައެއްގައި މިދިޔަ މަހު އަމަލީ ގޮތުން ހަރަކާތްތެރިވެ ފިޔަވަޅު އަޅާފައެވެ.

މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 91 މައްސަލައެއް ހިމެނޭއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 32 މައްސަލައަކާއި، ޖިންސީ ގޯނާގެ 20 މައްސަލައެއްގެ އިތުރުން ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ހަމައެއާއެކު، ގެވެށި އަނިޔާގެ މަންޒަރު ފެނުމުގެ 10 މައްސަލައަކާއި، ބުލީ ކުރުމުގެ ޝިކާރައަކަށްވި 8 މައްސަލައަކާއި، ނަފްސާނީ އަނިޔާގެ 4 މައްސަލަ ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. އަދި ބްލެކްމެއިލް ކުރުމުގެ މައްސަލައަކާއި، ފުރައްސާރަކުރުމުގެ މައްސަލައެއްގެ އިތުރުން އެހެނިހެން ބާވަތުގެ 2 މައްސަލައަކާއި ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 18 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް