ޕީއެންސީގެ ކޮންގްރެސްގައި ބޭއްވި ނައިބު ރައީސުން ހޮވުމުގެ އިންތިޚާބު މިނިސްޓަރު އަޙްމަދު ޝިޔާމް، މެންބަރު އިބްރާހިމް ސުޖާޢު، މެންބަރު ފާޠިމަތު ސަޢުދާ، މިނިސްޓަރު މުޙައްމަދު ސަޢީދު އަދި މިނިސްޓަރު ޢަބްދުﷲ ރަފީޢު ކާމިޔާބު ކުރައްވާފައިވާއިރު، މެންބަރު އަސްމާ ރަޝީދާއި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން އަބްދުﷲ ރާފިއު 968 ވޯޓު ހޯއްދަވާފައިވާއިރު، އިބްރާހިމް ޝިޔާމް ވަނީ 954 ވޯޓު ހޯއްދަވާފައެވެ. އަދި ސައުދާއަށް 923 ވޯޓު، އަހުމަދު ޝުޖާއުއަށް 852 ވޯޓު، މުހައްމަދު ސައީދަށް 833 ވޯޓު، މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް 780 ވޯޓު، އަދި މުހައްމަދު ނިމާލަށް ލިބިވަޑައިގަތީ 301 ވޯޓެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުން މިރޭ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުގައި އިގުރާރުވެވަޑައިގަންނަވާނެއެވެ.
އިތުރު ތަފްސީލް އަންނަނީ ....

ކިޔުންތެރިންގެ ހިޔާލު