ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރައްވާ 15 މެންބަރަކާ އެކު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިއްޔެ ޕާކިސްތާނުގެ އިސްލާމްއާބާދަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، މިއީ ޕީއެންސީގެ މެންބަރުން ކުރަށްވާ އަމިއްލަފުޅު ދަތުރެއް ކަމަށެވެ. އަދި މިއީ މަޖިލީހުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރަށްވާ ރަސްމީ ދަތުރުފުޅެއް ނޫން ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްޞީލެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މި ދަތުރުފުޅުގައި ވަޑައިގެންނެވީ ފުރިހަމަ ސެކިއުރިޓީއާ އެކުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ވަފްދުގައި މަޖިލީހުގެ ރައީސްގެ އިތުރުން ޕީއެންސީގެ 15 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ޖުމްލަ ހަ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލިސް ރައީސް އާއި މެންބަރުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު