ޖުމްހޫރީ ދުވަސް ފާހަގަކުރަމުން މިދަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭ ގޮތަށް ގައުމު ހިންގާނެ ސަރުކާރެއް މިއަދު ނެތް ދަނޑިވަޅެއްގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޚާއްޞަ ޕޯސްޓެއްގައި، ކުރީގެ އިކޮންމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ފައްޔާޒު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށާއި ވެރިކަން ހިންގާ މައިގަނޑު އުޞޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމެއް ކުރުމާ ހަވާލުވެވަޑައިގެން ހުންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖެ އަލުން ގެންދަވަނީ "ރަސްކަމުގެ މަގަށް" ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބުކުރާ ވެރިންނަކީ ރަސްކަން ކުރާ ބައެއްގެ ގޮތުގައި ތިބެންޖެހޭ ބައެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ މީހުން ވާންޖެހޭނީ ދިވެހި ޖުމްހޫރިއްޔާގެ ހިޔަލުގައި ތިބި އެންމެހާ ދިވެހި ރައްޔިތުންނަށް ޚާދިމުންތަކަކަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު