ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރު ބަންދުވި ނަމަވެސް، މިއަދާއި މާދަމާ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެގޮތުން މާލެ، ހުޅުމާލެ އަދި އައްޑޫގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން މި ޚިދުމަތް ލިބެން ހުންނާނެ ކަމަށާއި، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން, މާލެ އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ހެނދުނު 9:00 އިން މެންދުރުފަހު 16:00 އަށް، ހުޅުމާލޭގެ އޮފީސްތަކުން ހެނދުނު 08:30 އިން މެންދުރުފަހު 16:00 އަށް، އަދި އައްޑޫ އޮފީހުން ހެނދުނު 08:30 އިން ހަވީރު 17:00 އަށް ނަންބަރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މެޑިކަލް އެމަރޖަންސީ ފަދަ ކުއްލި ހާލަތްތަކުގައި 9555333 އަށް ގުޅައިގެން ޚިދުމަތް ހޯދޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު