މާލީ އެންމެހައި މުޢާމަލާތުތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށް، އިސްރާފުކުރުމާއި ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެންމެހައި މުސްލިމުންނަށް ގޮވާލައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މާތް ﷲ އިންސާނުންނަށް ދެއްވި މުދަލަކީ އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ދެއްވި ނިޢުމަތެއް ކަމަށާއި، އަދި އެއީ އިންސާނާއާ ޙަވާލުކުރެވިފައިވާ ބޮޑު އަމާނާތެކެވެ. އެހެންކަމުން ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެކަން ހަނދާންކޮށްދިނެވެ.
މުދާ ހޭދަކުރުމުގައި ދަހިވެތިނުވެ އަދި އިސްރާފުނުކޮށް މެދުމިންކަން ޚިޔާރުކުރުމަކީ މުދަލުގައި ބަރަކާތް ލައްވާނޭ ސަބަބެއް ކަމަށާއި، މުސްތަޤުބަލުގައި ދިމާވެދާނެ އަތްމަތި ދަތިވުމާއި ބަލިމަޑުކަން ފަދަ ޙާލަތްތަކަށްޓަކައި ފަހަށް ރައްކާކުރުމަކީ މުހިންމު ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. މީގެއިތުރުން، ޙާޖަތެއް ނެތި ނުވަތަ އަދާކުރެވޭނެ މަގެއް ނެތި ދަރަނި ނެގުމުން އެއްކިބާވުމަށާއި، ކޮންމެހެން ދަރަންޏެއް ނަގަން ޖެހިއްޖެ ޙާލަތެއްގައި ވެސް ޙަރާމްކުރައްވާފައިވާ ރިބާގެ މުޢާމަލާތްތަކާ ދުރުހެލިވުމަށް ޚުޠުބާގައި ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނީ، ވިޔަފާރިއާއި އެހެނިހެން މާލީ މުޢާމަލާތްތަކުގައި ވެވޭ އެއްބަސްވުންތަކަށް ވަފާތެރިވުމަކީ މުއުމިނުންގެ މަތިވެރި ސިފައެއް ކަމަށެވެ. އަދި އަނބިދަރިންނަށް ފުރިހަމައަށް ޚަރަދުބަރަދު ދިނުމަކީ ވާޖިބެއް ކަމަށާއި، ތެދުވެރި އަދި އަމާނާތްތެރި ވިޔަފާރިވެރިން ޤިޔާމަތްދުވަހު ވާހުށީ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާ އެކުގައިކަން ޙަދީޘްފުޅުތަކުގެ އަލީގައި ހަނދާންކޮށްދިނެވެ.
މީގެއިތުރުން، މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙުރުމަތްތެރިކުރައްވާފައިވާ މާތްވެގެންވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން މިއަދުގެ ޚުޠުބާގައި ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު