ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ޑާރކް ރެއިންގެ ކޮމެޑީ ފިލްމް "މަގޭ ބިޓުގެ ވެޑިންގް" ގެ އެންމެ ފަހު ޝޯ ބަލައިލުމުގެ ފުރުޞަތު، މި އަންނަ ބުދަ ދުވަސް ކަމުގައިވާ ސެޕްޓެންބަރު 23 ވަނަ ދުވަހު ބެލުންތެރިންނަށް ލިބިގެންދާނެއެވެ.
މި ޕްރޮޑަކްޝަންގެ ފަހު ޝޯ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 8:30 ގައެވެ. މިއީ މާލޭގެ ތިއޭޓަރުގައި މި ޝޯ ބަލައިލުމަށް ލިބޭނެ އެންމެ ފަހު ފުރުޞަތު ކަމަށްވުމާއެކު، މިހާތަނަށް ޝޯ ބަލައިނުލެވި ތިބި ފަރާތްތަކަށް މިއީ މި ފުރުޞަތުގެ ބޭނުން ހިފުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
މި ޚާއްޞަ ފަހު ޝޯ ވެގެންދާނީ، ތަރިންނާއި، ފަންނާނުން އަދި ބެލުންތެރިން އެކުވެގެން އުފާވެރި، ހިތްގައިމު އަދި ހަނދާންތަކުން ފުރިގެންވާ ވަގުތުތަކެއް ހޭދަކޮށްލެވޭނެ ވަގުތަކަށެވެ.
ބާކީ އޮތީ އެންމެ ޝޯއެއް ކަމަށްވާތީ، ޝޯ ބަލަން ބޭނުންވާ ފަރާތްތަކުން ލަސްނުކުރައްވައި ޓިކެޓް ނެންގެވުމަށް އިލްތިމާސްކުރެއެވެ. އެންމެ ފަހު ޝޯގެ ޓިކެޓް ބުކިންގ އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9911229 މި ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖު ކުރައްވާ ނުވަތަ އޮލިމްފަސް އަށް ވަޑައިގެންވެސް ޓިކެޓް ބައްލަވައި ގަނެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު