މި އަހަރުގެ އެސް.އެސް.ސީ އަދި އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ އެންމެހާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މީސްމީޑިއާގެ މަންސައެއް ކަމަށްވާ 'އެކްސް' މެދުވެރިކުރައްވައި ނައިބު ރައީސް ވިދާޅުވީ، މިއީ ވޭތުވެދިޔަ ދުވަސްތަކުގައި ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނިމީރުކަން ޙާޞިލުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ. އެހެންކަމުން، ފުރިހަމަ އިތުބާރާއި ޢަޒުމާއެކު ގަދައަޅައި މަސައްކަތްކޮށް، އެންމެ އެދެވޭ ނަތީޖާއެއް ހޯދުމަށް އެމަނިކުފާނު ވަނީ ހުރިހާ ދަރިވަރުންނަށް ގޮވާލައްވާފައެވެ.
މީގެއިތުރުން، އިމްތިޙާނުގެ ދުވަސްވަރު ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން އިތުރުކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން، ދަރިވަރުންނަށް އުޖާލާ މުސްތަޤްބަލަކަށް އެދިވަޑައިގެން އެމަނިކުފާނު ހެޔޮދުޢާ ކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ 267 އިމްތިޙާނު މަރުކަޒެއްގައި ކުރިއަށްދާ މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި 8,000 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރެއެވެ. މި އިމްތިޙާނުތައް ކުރިއަށްދާނީ އަންނަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހިތްވަރުދީ، ފުރިހަމަ ކާމިޔާބީއަށް އެދެން.
— Hussain Mohamed Latheef (@HucenSembe) September 20, 2026
މިއީ ލޮބުވެތި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ތިޔަ ދަރިވަރުން މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ… pic.twitter.com/tYA5iu7GjL
މީގެއިތުރުން، އިމްތިޙާނުގެ ދުވަސްވަރު ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން އިތުރުކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން، ދަރިވަރުންނަށް އުޖާލާ މުސްތަޤްބަލަކަށް އެދިވަޑައިގެން އެމަނިކުފާނު ހެޔޮދުޢާ ކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ 267 އިމްތިޙާނު މަރުކަޒެއްގައި ކުރިއަށްދާ މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި 8,000 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރެއެވެ. މި އިމްތިޙާނުތައް ކުރިއަށްދާނީ އަންނަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލު