އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުމެއްގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ގާނޫނީ ކަށަވަރުކަން ހޯދުމުގެ އިތުރުން މާލީ އެހީތެރިކަން ފުޅާކުރުމަށް ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ގޮންޖެހުމަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ގައުމުތަކުގެ ވިލުންތެރިކަން އިތުރަށް ވަރުގަދަކުރުން ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، 1989 ވަނަ އަހަރު ބޭއްވުނު "މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިން އެންޑް ސީ ލެވެލް ރައިޒް" އިން ފެށިގެން ދިވެހިރާއްޖެއިން މި ކާރިސާގެ ނުރައްކާތެރިކަން ބައިނަލްއަގުވާމީ މައިދާނުގައި ހާމަކުރަމުންދާކަން އެމަނިކުފާނު ހަނދުމަކޮށްއެރުވިއެވެ. އަދި އޭރު ދިން އިންޒާރުތައް މިއަދު ކުއްލި ނުރައްކަލަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން، މިކަމުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އުމްރާނީ ވަސީލަތްތަކަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަދި މައިގަނޑު އިގުތިސާދީ ދާއިރާތަކަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާކަން ބަޔާންކުރެއްވިއެވެ.
މި މައްސަލައަށް އަވަސް ހައްލުތަކެއް ހޯދުމަށް ފިޔަވަޅު އަޅަންޖެހޭ ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، ކުދި ޖަޒީރާ ގައުމުތަކަށް ފޯރުކޮށްދޭ މާލީ އެހީއަކީ ފަސޭހައިން ލިބޭނެ މަގުފަހިވެފައިވާ، ދުރާލައި ލަފާކުރެވޭ، އަދި ލުއި ޝަރުތުތަކާއެކު ދެވޭ ހިލޭ އެހީއަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އެކަށީގެންވާ ގޮތެއްގައި މިންނުކުރެވޭ މައްސަލައަކަށް ފުރިހަމަ ހައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓާކުރާނެ ހާއްސަ ނިޒާމެއް ގާއިމުކުރުމަށް ވެސް ގޮވާލެއްވިއެވެ.
ގާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގައުމުތަކުގެ ޖިއޮގްރަފީއަށް ބަދަލުތަކެއް އަޔަސް، ދައުލަތްތަކުގެ ސިޔާދަތާއި، ގާނޫނީ ހައިސިއްޔަތު އަދި އދ. ގެ މެންބަރުކަމާ މެދު އެއްވެސް ސުވާލެއް ނުއުފެއްދޭނެ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކަނޑުގެ ސަރަހައްދުތަކާއި ދައުލަތްތަކުގެ ހައްގުތައް ކަށަވަރުކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަރުމާކުރުމުން ފެށިގެން ގައުމީ އިގުތިސާދީ ޕްލޭންތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ހިމެނުމަށް ގޮވާލައްވަމުން، ރާއްޖޭގެ ތިންވަނަ 'ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން' (އެންޑީސީ) މެދުވެރިކޮށް މިފަދަ ހަރުދަނާ ފިޔަވަޅުތައް ރާއްޖެއިން ތަންފީޒުކުރަމުންދާކަން ހާމަކުރެއްވިއެވެ.
ނައިބު ރައީސްގެ ބަޔާން ނިންމަވާލެއްވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ ދުނިޔޭގެ މެދުކެނޑުމެއްނެތް ސަމާލުކަން ކޮންމެހެން ބޭނުންވާ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވަމުންނެވެ. އަދި ގައުމުތަކުން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ތަންފީޒުކޮށް، އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ރައްކާތެރިކުރުމަށްޓަކައި އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު