ދިވެހިރާއްޖެ އާއި އެންގޯލާގެ ސަރުކާރާ ދެމެދު ދޭދޭ ގުޅުންތައް ވަރުގަދަކުރުމުގެ މަގުސަދުގައި ދެ ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހައި-ލެވެލް ހަފުތާގެ ހަވާސާގައެވެ.
މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމެވެ. އެންގޯލާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް އެކްސްޓަރނަލް ރިލޭޝަންސް ޓޭޓޭ އެންޓޯނިއޯއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ސިޔާސީ ގޮތުން މަޝްވަރާކުރުމާ ގުޅޭގޮތުން ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ދެ ގައުމުގެ ޚާރިޖީ ވުޒާރާގެ މެދުގައި ދޭދޭ ގުޅުންތަކާ ގުޅޭގޮތުން ގަވާއިދުން މަޝްވަރާކުރުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި ޚިޔާލު ބަދަލުކުރުމުގެ އިތުރުން، އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރަސްމީ އޮނިގަނޑެއް ގާއިމުކުރެވޭނެެކަމަށެވެ.
އަދި އިއްޔެ ސޮއިކުރި ދެވަނަ ފަހުމުނާމާއަކީ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޯސިމް) އާއި އެންގޯލާގެ ވެނަންސިއޯ ޑި މޯރާ ޑިޕްލޮމެޓިކް އެކަޑަމީއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މީގެ ސަބަބުން ޚާރިޖީ ދާއިރާގެ މުވައްޒަފުން ތަމްރީނުކުރުމާއި، ހުނަރު ތަރައްޤީކުރުމާއި، އަދި މިދާއިރާގެ ތަޖުރިބާއާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށް ދެ މުއައްސަސާގެ މެދުގައި ފުރުސަތު ހުޅުވިގެންދާނެކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
މި އެއްބަސްވުންތަކަކީ 2026 ވަނަ އަހަރުގެ ޖޫން މަހު މާލޭގައި ދެ ގައުމުގެ ވަޒީރުން ބޭއްވެވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ދިވެހިރާއްޖެއާއި އެންގޯލާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ.

ކިޔުންތެރިންގެ ހިޔާލު