މާލޭގެ މަގުތަކުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ދެނެގަނެވިފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
މާލޭގެ މަގުމަތީގައި މީހަކު މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް، ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ސައިކަލު ދުއްވާފައި ގޮސް، އެއްވެސް އިޝާރާތެއް ނުވަތަ ސިގްނަލެއް ދިނުމަކާ ނުލައި ކުއްލިއަކަށް މަޖީދީމަގަށް އަޅާ މަންޒަރު ވީޑިއޯ އެއް ވަނީ އާންމުވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ސައިކަލު ދުއްވި ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އޭނާ ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއާ ގުޅިގެން ފުލުހުން އަމިއްލައަށް އިސްނަގައިގެން މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާލެ ސަރަހައްދުގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވުމަކީ މިހާރު ވަރަށް ބޮޑުވެފައިވާ ކަންބޮޑުވުމެކެވެ. އެގޮތުން، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސޯސަންމަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު ވަނީ ނިޔާވެފައެވެ. އެ އެކްސިޑެންޓް ހިނގި ވަގުތު ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްއިރު، އޭނާއަކީ މީގެ ކުރިންވެސް ގަވާއިދާ ޚިލާފުވެގެން އެތައް ފަހަރަކު ފުލުހުން ހުއްޓުވައި ޖޫރިމަނާކޮށްފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު