ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަތޮޅުތަކުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 7 ރަށެއްގެ ޖިމް މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ މި އައުޓްޑޯ ޖިމްތަކަކީ ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމަށް އެހީތެރިވުމުގެ ގޮތުން ޤާއިމްކުރި ޖިމްތަކެއް ކަމަށެވެ.
ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މި ޖިމްތަކުގައި ގާއިމުކޮށްފައިވަނީ ފެންވަރު ރަނގަޅު، ޒަމާނީ އިކުއިޕްމަންޓްތައް ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
މިހާތަނަށް ޖިމް ގާއިމުކޮށް ނިމިފައިވާ 7 ރަށަކީ އއ. ފެރިދޫ، އއ. އުކުޅަސް، އދ. ދިގުރަށް، އދ. ފެންފުށި، އދ. މާމިގިލި، އދ. މަންދޫ އަދި ބ. ގޮއިދޫ އެވެ.
މި ރަށްތަކުގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެޗްޑީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މިހާތަނަށް މަސައްކަތް ނިމިފައިވާ ރަށްތަކުގެ ޖިމްތައް އެ ރަށެއްގެ ކައުންސިލާ ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު