މުދައްރިސުން އުނގަންނައިދިނުމުގެ މަސައްކަތް އެއީ އެންމެ ގަޔާވާ ހޮބީއެއްގެ ގޮތުގައި ދެކެވަޑައިގެން، އުފަލާއި ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދެވުމަށް އެވިޑް ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުޝްތާޤު ރަޝާދު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު އެވިޑް ކޮލެޖުގައި ބޭއްވި މުދައްރިސުންގެ ދުވަހުގެ ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފްލާގައި ޗެއާމަން ވަނީ މުދައްރިސުން އަދާކުރައްވާ އަގުހުރި ޚިދުމަތަށް ސާބަސް ދެއްވައި، ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އެބޭފުޅުންގެ ދައުރު ފާހަގަކުރައްވާފައެވެ. އަދި ކްލާސްރޫމުގައި މުދައްރިސުންގެ ކިބައިން ފެންނަ ޖޯޝަކީ ދަރިވަރުންގެ ހިތްތަކުގައި އުނގެނުމަށް ލޯބި ޖެއްސުވުމުގެ އަސްލު ކަމުގައިވެސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުހިންމުކަން ޗެއާމަން ފާހަގަކުރެއްވިއެވެ. އެގޮތުން، އޭއައިގެ އެހީގައި ފިލާވަޅުތައް ތައްޔާރުކުރުމަށާއި، އައު ޚިޔާލުތައް ހޯދައި ވަގުތު ސަލާމަތްކުރުމަށް ފުރުޞަތު އޮތް ނަމަވެސް، ޓެކްނޮލޮޖީއަށް އެއްކޮށް ބަރޯސާނުވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި މުދައްރިސުންގެ އަމިއްލަ ޢިލްމާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ޓެކްނޮލޮޖީ ކިތަންމެ ކުރިއަރައި ދިޔަނަމަވެސް، މުދައްރިސެއްގެ ކިބައިގައި ހުންނަ އަޅާލުމާއި، އޯގާތެރިކަމާއި، ހިތްވަރުދިނުމުގެ ސިފަތަކަކީ އެއްވެސް ވަސީލަތަކަށް ބަދަލުނުކުރެވޭނެ އެއްޗެއްކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންނަކީ ފޮޅެމުން އަންނަ މާތަކެއްގެ ގޮތުގައި ސިފަކުރައްވައި، ކޮންމެ ކްލާސްރޫމަކީވެސް އެކުދިންނަށް އުނގެނުމުގެ ހިތްވަރު ލިބޭ އުފާވެރި މާޙައުލަކަށް ހެދުމަށް މުދައްރިސުންނަށް އިރުޝާދު ދެއްވިއެވެ.
ޙަފްލާ ނިންމަވާލައްވަމުން، އެވިޑް ކޮލެޖުގެ ރެކްޓަރާއި، މެނޭޖްމަންޓްގެ އިސްވެރިންނާއި، އިދާރީ އަދި ސަޕޯޓިންގ ސްޓާފުން ކޮށްދެއްވާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އޮންލައިންކޮށް ކިޔަވާ ދަރިވަރުން ހިމެނޭހެން، ހުރިހާ ދަރިވަރުންވެސް ކޮލެޖުގެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ބާރުއެޅުއްވިއެވެ. މީގެއިތުރުން، އުނގެނުމަކީ ނިމުމެއްނެތް ކަމެއްކަން ފާހަގަކުރައްވައި، އެންމެހާ މުދައްރިސުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ.
ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ބަލާއިރު، ވޭތުވެދިޔަ އަހަރުތަކުގައި އެވިޑް ކޮލެޖުން ވަނީ ތަޢުލީމީ ޖީލެއް ބިނާކުރުމުގައި ވަރަށް އަގުހުރި، ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމުގައްޔާއި، ޤައުމަށް ބޭނުންވާ އެކި ދާއިރާތަކުން ޤާބިލު މީހުން އުފެއްދުމުގައި އެ ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަކީ ޤައުމީ ފެންވަރުގައި ޝުކުރު ޙައްޤު މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު