އެވިޑް ކޮލެޖުގައި މިއަދު ހެނދުނު ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ އިހުތިފާލުތަކެއް ވަނީ ބޭއްވިފައެވެ.
މި ހަރަކާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާޤު ރަޝާދު އަދި ރެކްޓަރ މަރިޔަމް ވަސީމާގެ އިތުރުން، ކޮލެޖުގެ ލެކްޗަރާރުންނާއި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

އެވިޑް ކޮލެޖުން ޓީޗަރުންގެ ދުވަސް ފާހަގަ ކުރުން
މި ރަސްމިއްޔާތުގެ ތެރެއިން އެންމެން އެކުވެރިކަމާއެކު ބައިވެރިވި ހާއްސަ ނާސްތާއަކާއި، މަޖާ ގޭމިންގ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖުގެ ރެކްޓަރ މަރިޔަމް ވަސީމާ ވަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވާހަކަދެއްކެވި ނަމަވެސް، ހުރިހާ ބޭފުޅުންނަށްވެސް ދައްކަވާ ވާހަކަފުޅުގެ މައިގަނޑު މާނަ ދޭހަވާނެ ފަދައިން ބަސްމަގު ބައްޓަންކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެވިޑް ކޮލެޖުގެ ރެކްޓަރ މަރިޔަމް ވަސީމާ
އަދި އެ ކޮލެޖުގެ އެޑްމިން އާއި އައިޓީ ސްޓާފުން ކުރައްވާ މިންނަތް މަސައްކަތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައި ސާބަސް ދެއްވިއެވެ. އެވިޑް ކޮލެޖުގެ ތަފާތު އެކި ހަރަކާތްތަކާއި އިހުތިފާލުތައް އެކި ތާރީޚުތަކުގައި މެދުކެނޑުމެއްނެތް ގޮތެއްގައި ކުރިއަށް ގެންދިއުމުގައި އެ މުވައްޒަފުން ދައްކުވައިދޭ ހުނަރާއި ހިތްވަރަށްޓަކައި އެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި، އެ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން އަތްތަބަދީގެ އައްސަރިބަހެއް އެރުވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި އަބަދުވެސް ގަބޫލުކުރައްވާ ގޮތަށް، އެވިޑް ކޮލެޖަކީ ގާބިލު އަދި ހުނަރުވެރި ފަރާތްތަކެއް ތިބި ތަނެއްކަން ފާހަގަކުރައްވަމުން، މި ރަސްމިއްޔާތާއި މުޅި ހަރަކާތް އިންތިޒާމުކޮށްފައިވާ ފުރިހަމަކަމުން ދޭހަވަނީ އެ ކޮލެޖުގައި ހުރި ހުނަރުވެރިކަން ކަމުގައި ރެކްޓަރ ވިދާޅުވިއެވެ. މިއަދުގެ މި އުފާވެރި ހެނދުނުގެ ހަރަކާތްތައް ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި ހުރިހާ ބޭފުޅުންނަށްވެސް އެކަމަނާ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

އެވިޑް ކޮލެޖުން ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން
މިއަދަކީ ގައުމީ ޓީޗަރުންގެ ދުވަސްކަން ފާހަގަކުރައްވަމުން، މިއަދުގެ މުނާސަބަތުގައި އަމާޒު ހިފާފައިވަނީ ޒަމާނީ ތައުލީމީ މާހައުލެއްގައި މުދައްރިސުންގެ ދައުރާއި، ބަދަލުވަމުންދާ މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވާލުމަށް ކަމަށް މަރިޔަމް ވަސީމް ވިދާޅުވިއެވެ.
ހަލުވިކަމާއެކު ބަދަލުވަމުންދާ ޒަމާނީ ދުނިޔެއާ އެއްހަމައެއްގައި ތައުލީމު ފޯރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ހާއްސަކޮށް ފާހަގަކުރެއްވިއެވެ.
މި ކުލަގަދަ ހަފްލާގައި އެ ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުޝްތާޤު ރަޝާދު، އެކޮލެޖުގެ އެންމެހާ މުވަޒައްފުންނަށާއި ލެކްޗަރާއިންނަށް ޝުކުރު އަދާކުރައްވައި އުނގަންނައިދިނުމުގެ މަސައްކަތް އެއީ އެންމެ ގަޔާވާ ހޮބީއެއްގެ ގޮތުގައި ދެކެވަޑައިގެން، އުފަލާއި ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދެވުމަށް އިލްތިމާސްކުރައްވިއެވެ.
އަދި ޗެއާމަންގެ ވާހަކަ ނިންމަވާލައްވަމުން، އެވިޑް ކޮލެޖުގެ ރެކްޓަރާއި، މެނޭޖްމަންޓްގެ އިސްވެރިންނާއި، އިދާރީ އަދި ސަޕޯޓިންގ ސްޓާފުން ކޮށްދެއްވާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އޮންލައިންކޮށް ކިޔަވާ ދަރިވަރުން ހިމެނޭހެން، ހުރިހާ ދަރިވަރުންވެސް ކޮލެޖުގެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ބާރުއެޅުއްވިއެވެ. މީގެއިތުރުން، އުނގެނުމަކީ ނިމުމެއްނެތް ކަމެއްކަން ފާހަގަކުރައްވައި، އެންމެހާ މުދައްރިސުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ.
ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ބަލާއިރު، ވޭތުވެދިޔަ އަހަރުތަކުގައި އެވިޑް ކޮލެޖުން ވަނީ ތަޢުލީމީ ޖީލެއް ބިނާކުރުމުގައި ވަރަށް އަގުހުރި، ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމުގައްޔާއި، ޤައުމަށް ބޭނުންވާ އެކި ދާއިރާތަކުން ޤާބިލު މީހުން އުފެއްދުމުގައި އެ ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަކީ ޤައުމީ ފެންވަރުގައި ޝުކުރު ޙައްޤު މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު