ތިލަފުއްޓަށް ދޯނިފަހަރުގައި ކުނި ގެންދިއުމުގެ އުސޫލަށް ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލުތަކެއް ގެނެސްފިއެވެ.
ވެމްކޯ އިން އާންމުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި ބަދަލުތައް ގެނެސްފައިވަނީ ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސަރަޙައްދީ ފެންވަރުގައި ކުނި ނައްތާލުމުގެ ޚިދުމަތްތައް ސަލާމަތީގޮތުންނާއި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ.
މި އުސޫލުގެ ދަށުން ދޯނިފަހަރުގައި ތިލަފުއްޓަށް ކުނި ގެންދާއިރު ޢަމަލުކުރަންޖެހޭ ޚާއްޞަ އިރުޝާދުތަކެއް ވަނީ ކަނޑައަޅައިފައެވެ.
އާ އުސޫލުގައިވާ ގޮތުން، ތިލަފުއްޓަށް ކުނި އުފުލާ ދޯނިފަހަރުގައި ހުންނަ ކުނި ހުންނަންވާނީ ވަކިވަކިން ބެގްކޮށް، ބަންދުކުރެވިފައެވެ.
އަދި ކުނި އުފުލުމުގެ ތެރޭގައި ކަނޑަށް ކުނި އެޅުނަނުދިނުމަށާއި، ދޯނިފަހަރުން ކުނި ބާލާއިރު ސަލާމަތީގޮތުން ރައްކާތެރި މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމްކުރުމަށް ވެމްކޯ އިން ވަނީ އަންގައިފައެވެ.
މީގެ އިތުރުން، މި މިންގަނޑުތަކާ ޚިލާފަށް ކުނި ގެންނަ އުޅަނދުފަހަރަށް ޚިދުމަތް ދިނުން ހުއްޓުވައި، އެފަދަ ފަރާތްތަކާމެދު އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް ވެމްކޯ އިން ހާމަކުރެއެވެ.
ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިލަފުށީގެ ސައިޓުގެ އޮޕަރޭޝަންތައް ތަރުތީބުކުރުމަށް ކުރެވޭ މި މަސައްކަތުގައި ހުރިހާ އުޅަނދުފަހަރެއްގެ ވެރިންނާއި އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު