ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު (މ)
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު (މ)
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ޖަލްސާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކޮށްފިއެވެ.

"ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ޖަލްސާ ބާއްވާފައިވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައެވެ. މި ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަޙައްދު ދޫކޮށްދިނުމަށް ޕީޕީއެމް އިން އެދުނު ނަމަވެސް އެޗްޕީއޭ އިން އަންގާފައި ވަނީ ކޯވިޑް-19 ގެ ނުރައްކާ އަދި ކުޑަވެފައި ނުވާތީ މި ޖަލްސާ ވަރޗުއަލްކޮށް ބޭއްވުމަށެވެ.

އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި އެޗްޕީއޭގެ މިންގަނޑަށް ޢަމަލު ކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އަންގާފައެވެ. ނަމަވެސް ފުލުހުންގެ އެންގުންތަކަށް އިދިކޮޅު ކޯލިޝަނުން މާބޮޑު ސަމާލުކަމެއް ނުދީ އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްޙީގޮތުން ގިނަ ބަޔަކު ނުރައްކަލަށް ހުށަހެޅޭފަދަ ގޮތަށެވެ.

މީގެ ކުރިންވެސް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވުމުން ފުލުހުންވަނީ ޝުޖާއު އަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން