މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ، އެ ހާދިސާ ހިނގި ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އެ ރޭ ދަންވަރު 01:13 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން، އުމުރުން 26 އަހަރުގެ ޢާއިޝަތު މާހިދާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އެކްސިޑެންޓް ހިނގިތާ ފަސް ދުވަސް ފަހުން އޭނާ ވަނީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ޙަސަނެވެ.
މާހު ޙަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ދިން 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. އެގޮތުން އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ އެއްވެސް ލައިސެންސެއް ނެތި، މަގުމަތީގައި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިވާ ގޮތަށް ސައިކަލު ދުއްވި މީހެއްކަން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، އޭނާއަކީ ލައިސެންސް ނެތި ދުއްވައިގެން ހަމައެކަނި މި އަހަރުގެ ތެރޭގައި ވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި ޖޫރިމާނާކޮށްފައިވާ މީހެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ދަންވަރު 01:12 ހާއިރު ސޯސަންމަގުގައެވެ. ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނެކެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ހަވީރު ނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ ޢާއިޝަތު މާހިދާއެވެ. އޭނާއަކީ މީގެ ނުވަ މަސް ކުރިން މޯލްޑިވްސް އިމިގްރޭޝަނާ ގުޅި، އެ އިދާރާގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު