ސަރުކާރު ތަކުން މިހާރު ފެންނަނީ ކޮމިއުނިސްޓް ސިސްޓަމެއް ހިނގާ ޤައުމަކުން ފެންނާނެ މަންޒަރުކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކުންފުނިތަކުން ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިން ހިންގާ ވިޔަފާރިތަކުގެ ވާދަވެރިކަމުގެ ތެރެއަށް ވަނުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ދަތިވަމުންދާކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުންދާ މި ދަނޑިވަޅުގައި ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ސަރުކާރުން ކުރާ ވިޔަފާރި ކުޑަކޮށް ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުން ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ސަރުކާރު ކުންފުނި ތަކުން ހުރިހާ ވިޔަފާރިއެއްގެ ތެރެއަށް ވަންނަ މަންޒަރުކަމަށް ޝަރީފް ވިދާޅުވިއެވެ.
އަމިއްލަ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ކުންފުނިތައް ކަމަށާއި، ޕްރައިވެޓް ސެކްޓަރ ގައި ވަޒީފާގެ ފުރުސަތުތައް އިތުރު ނުވަނީ އެހެންވެގެން ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ދަޢުލަތުން ހުރިހާ ވަސީލަތްތަކާއެކު ބޮޑެތި ކުންފުނިތައް އުފައްދައި، ލޯނު ނަގައިގެން ވިޔަފާރި ކުރާ އަމިއްލަ ވިޔަފާރިތަކާ ވާދައަށް މަސައްކަތުގެ މާޙައުލަށް ނެރުމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޢަމަލުކުރާ ގޮތް ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސަރުކާރުން ވިޔަފާރިކުރަން ބޭނުންނަމަ ގްލޯބަލް މާކެޓަށް ނުކުމެ ބައިނަލްއަޤުވާމީ ޓެންޑަރތަކުގައި ވާދަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ރާއްޖޭގެ އެތެރޭގެ ވިޔަފާރީގެ ވާދަވެރިކަން ދިވެހި ވިޔަފާރިވެރިންނަށް ދޫކޮށްލުމަށް އޭނާ ގޮވާލެއްވިއެވެ.
"ސަރުކާރު މިހާރު ބަދަލުވެފައިވަނީ ޢާއިލާތަކުގެ ހަރުމުދަލަށް. ރަޙްމަތްތެރިޔާއަށް ކުންފުނި ހަދައިދޭ އުސޫލު. އާއިލާ މީހާ އަށް ޕްރޮޖެކްޓް ލިބޭގޮތަށް މެނިފެސްޓޯ ހަދާ އުސޫލު. އެކްޓިވިސްޓަށާއި ކެމްޕޭން މެނޭޖަރަށް މަޤާމު އުފައްދާ އުސޫލު. މިކަން ހުއްޓާލަން ޖެހޭ." ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ރައީސް އިބްރާހީމްގެ ކެމްޕޭންގައި ސަރުކާރުން ކުރާ ވިޔަފާރި މަދުކުރާ ވާހަކަ ވިދާޅުވި ކަމަށާއި، ނަމަވެސް ޤާނޫނު އަސާސީގައި ކުންފުނި އުފެއްދުމުގެ ބާރު ރައީސަށް ނެތްކަމުގައި ވިޔަސް އެކަންވެސް ރައީސް ގެންދަނީ ކުރަމުން ކަމަށެވެ. އަދި މިއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯގެ ޝިޕިންގގެ ޚިދުމަތް ހުއްޓާލުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވެސް ދާދިފަހުން ވަނީ ގޮވާލައްވާފައެވެ. އާއްޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މުދާ 50 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ޝިޕިންގ ކުންފުނިތަކަށް ގެއްލުންވެ، އެކުންފުނިތައް ބަނގުރޫޓްވާން ކައިރިވެފައިވާކަމަށެވެ.

Rajje ah ethere kuraa mudhaa 50% ah vure bodah dhah ve shipping kunfuni thah neyvaa holhi ah elhifa vaa mi dhan’di valhuga STO in boateh charter koggen hingaa shipping service un bodu gellun vamun dhaane. Mi haalathuga STO in mi service huttaalaa nukusaan kudakurun muhimmu. pic.twitter.com/1wB1MJDxwF
— Ahmed Arif (@Arttey) November 2, 2020
ކިޔުންތެރިންގެ ހިޔާލު