މިދިޔަ ސެޕްޓެމްބަރު މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 59.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 15،571 މީހަކަށް ވަނީ މި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެ މަހުގެ ތެރޭގައި އަލަށް 263 މީހަކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، އެއާއެކު މި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،885 އަށް އަރައިފައެވެ.
މީގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ސަރުކާރުން ދެމުން އަންނަ މާލީ އެލަވަންސްގެ ގޮތުގައި ސެޕްޓެމްބަރު މަހު 1.08 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިދިޔަ މަހު އަލަށް ހަ ކުއްޖަކު މި އެލަވަންސް ލިބޭ ދަފުތަރުގައި ރަޖިސްޓްރީވެފައިވާއިރު، ތެލަސީމިއާ އެލަވަންސް ލިބޭ ފަރާތްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 541 އަށް އަރައިފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީގެ ދަފުތަރު މުރާޖަޢާ ކުރުމަށްފަހު، އެކަނި ދަރިން ބަލަހައްޓާ 84 ބެލެނިވެރިއަކު ވަނީ ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ޕްރޮގްރާމުތަކުގެ ދަފުތަރުން ނިމިދިޔަ މަހު އުނިކޮށްފައެވެ.
އެންސްޕާއިން ބުނީ، އިޖުތިމާއީ ރައްކާތެރިކަމުގެ އެކި ޕްރޮގްރާމްތަކުގެ ދަށުން އެހީ ޙައްޤުވާ ފަރާތްތަކަށް އިންސާފުވެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަމާބެހޭ ދަފުތަރުތައް ގަވާއިދުން މުރާޖަޢާކޮށް ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރުމުގެ މަސައްކަތް އެ އިދާރާއިން މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު