ޕޮލިސް ކޮމިޝަނަރ އެމްސީ ޙަމީދު
ޕޮލިސް ކޮމިޝަނަރ އެމްސީ ޙަމީދު
7 ފެބްރުއަރީ އަކީ މާޒީ ކަމަށާއި، އެކަން ދެން މިރާއްޖޭގައި ފުލުހުންގެ ފަރާތުން ތަކުރާރު ނުވާނެ ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ހަމީދު ވިދާޅުވީ 7 ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ފުލުހުން ހިމެނޭ ގޮތަށް ހިނގާދިޔަ ކަންތައްތަކަކީ މާޒީ ކަމަށާއި އެފަދަ ކަމެއް ދެވަނަ ފަހަރަށް ފުލުހުންގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިހާރު ފުލުހުންގެ ލީޑާޝިޕުގައި ތިބި ފަރާތްތަކުން އެތަނުން ނިކުމެގެން ދާނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ފުލުހުންގެ ތެރޭގައި އެ ޕްރޮފެޝަނަލިޒަމް ގާއިމް ކުރުމަށްފަހު ކަމަށް ޙަމީދު ވިދާޅުވިއެވެ.

"އެ މާޒީ އިން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައި ވަނީ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައް ވެސް އަދި ކުރިޔަށް ފުލުހުންގެ މުއައްސަސާ އަށް ގުޅޭނެ ފަރާތްތައް ވެސް އަދި އަޅުގަނޑުމެން މިހާރު މި މުއައްސަސާ ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުމަށް އަޅާ ފިޔަވަޅުތަކުން ވެސް އެކަންކަން ކަށަވަރު ކުރެވިގެން ދާނެ." ހަމީދު ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވީ، 2012 ގައި ސަރުކާރާދެކޮޅަށް ޢަމަލެއް ހިންގަން އުޅޭ ކަމުގެ މަޢުލޫމާތު 23 ޖެނުއަރީ 2012 ގައި ލިބުނުކަމަށާއި، އެކަމުގެ ސަބަބުން ނިކުމެ ދާނެ ނަތީޖާތައް އޭރު ފުލުހުންގެ ލީޑާޝިޕާއި ހިއްސާ ކުރެއްވި ކަމަށެވެ. އަދި 7 ފެބްރުއަރީގެ ޙާދިސާއާއި ގުޅިގެން އޭރު ފުލުހުންނަށް ލިބުނު ހުރިހާ މަޢުލޫމާތެއް ކޯނީ އަށާއި ރައްޔިތުންގެ މަޖިލީހަށް ޙިއްސާކޮށްފައި ވާނެ ކަމަށް ޙަމީދު ވިދާޅުވިއެވެ.

މިއަދުގެ ޕްރޮގްރާމްގައި ޙަމީދު ވަނީ އޭނާ އަށް ޕޮލިސް ކޮމިޝަނަރުކަން ލިބިފައިވަނީ ރައީސް އިބްރާހީމާއި އުފެދިފައިވާ ޢާއިލީ ގުޅުމުގެ ތެރެއިން ކަމަށް ދެކެވޭ ވާހަކައަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން އޭނާގެ މުޅި ޙަޔާތް ހޭދަކުރީ ފުލުހުންގެ ޚިދުމަތުގައި ކަމަށާއި، އަދި މިއަދު ހުރި މަޤާމަށް އައުމަކީ އޭނާ އުންމީދުކޮށްގެން ހުރި ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން