ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީމަތީ ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، ބޮޑެތި އަނިޔާތަކެއް ދިން ހާދިސާއަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ހުރަސްއެޅުމުގެ ގޮތުން ގަސްތުގައި ހިންގި އަމަލެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފަތިގެ ވަގުތުގައި ސިނަމާލެ ބްރިޖް ހިނގި މި ހާދިސާގައި އަނިޔާވި ފުލުސް މީހާގެ މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ސީޕީ ވިދާޅުވިގޮތުގައި، 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވި މި ސައިކަލު ވަނީ މަގުމަތީގައި ހުރި ބެރިކޭޑެއްގައި ޖެއްސުމަށްފަހު ފުުލުސް މީހާގެ ގައިގައި ޖައްސާފައެވެ. އަދި މިކަމުގައި އިތުރު ސައިކަލުތަކެއްވެސް ބައިވެރިވެފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

މި އަމަލަކީ ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަންތަކުން ފުލުހުން ފަހަތަށް ޖެއްސުމަށް ދިން ޕްރެޝަރެއް ކަމަށް ބެލެވުނު ނަމަވެސް، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ސައިކަލު ޓޯކޮށް، އެ ވަގުތު ތިބި މީހުންނާއި، މިކަމުގައި ޝާމިލްވާ އިތުރު މީހުންނާއި އުޅަނދުތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ޓްރެފިކް ޤާނުނުތައް ހަރުކަށިކޮށް، މަގުމަތީގެ އަމަންއަމާންކަން ގެއްލުވާލާ ފަރާތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް