މޯލްޑިވްސް އިމިގްރޭޝަންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް އިމިގްރޭޝަންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ "ސްޓްރެޓެޖިކް ޕްލޭން 2020-2024" އިފްތިތާޙްކޮށްފިއެވެ.

މި ސްޓްރެޓެޖިކް ޕްލޭން ތަޢާރަފްކޮށްދެއްވީ މިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިޤްތިޞާދީ ވަޒީރު އަލްއުސްތާޛު ފައްޔާޒް އިސްމާއިލްއެވެ.

އިމިގްރޭޝަނުން ބުނީ މި ޕްލޭންގެ މަޤްސަދަކީ، ދުރު ރާސްތާ އަމާޒަށް ވާސިލުވުމަށްޓަކައި ޙިކުމަތްތެރިކަމާއެކު މަސައްކަތްތައް ރާވާ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމަށް ގެންނަންޖެހޭ ބަދަލުތަކާއެކު ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން، މި ޕްލޭނާ އެއްގޮތަށް އިމިގްރޭޝަންގެ މަސައްކަތްތައް ތަންފީޒުކުރުން ކަމަށެވެ. އެގޮތުން މި ޕްލޭނަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ޝާޢިއުކުރެވޭ ފުރަތަމަ ސްޓްރެޓެޖިކް ޕްލޭނެވެ.

މި ރަސްމިއްޔާތުއްގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މިފަދަ މަސައްކަތްތައް މުހިންމުވަނީ މިކަންކަމުގެ ސަބަބުން ކުރިޔަށް ދާންވީ މިސްރާބު ސާފުވެ، މިސްރާބުން ކައްސާލައިގެން ދާނަމަ އެކަން ދެނެގަނެވޭނެތީ ކަމަށެވެ.

މައިގަނޑު ހަތަރު ދާއިރާއަކަށް އަލިއަޅުވާލާފައިވާ މި ޕްލޭންގައި އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒީކޮށް ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، އިމިގްރޭޝަން އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތަކާއި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމާއި، ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި، ރާއްޖޭގެ މައިގްރޭޝަން ނިޒާމް އިތުރަށް ތަރައްޤީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަނޑައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން