ޕާކިސްތާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ޕާކިސްތާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ފުރަމާނަ ދަތުރުފުޅެއްގައި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް އެ ޤައުމުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިވަޑައިގަތުމުން، އެމަނިކުފާނުގެ ޝަރަފުގައި ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އަދި މި ދަތުރުފުޅުގެ ރަސްމީ މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު މާދަމާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ "ޕްރައިމް މިނިސްޓަރ ހައުސް" ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު މި ފެންވަރުގައި ބޭއްވޭ ފުރަތަމަ މަތީ ފަންތީގެ ދޭދޭ ބައްދަލުވުމެވެ.

މީގެއިތުރުން، މި ފުރަމާނަ ދަތުރުފުޅު ދިމާވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރާއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު