މާލޭގެ ނޯތު ހާބަރުގައި ޖެޓީތައް ޑިޒައިންކުރުމާއި އިމާރާތްކުރުމަށް ހިންގާ "ފިންގަރ ޖެޓީ" މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ޖެޓީތަކަށް ބޭނުންވާ ކޮލަމް އިންސްޓޯލްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ރީއިންފޯސްމަންޓުގެ މަސައްކަތްތައް ވެސް މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި މި ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ދައުލަތުގެ ބަޖެޓުން 18.98 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޖުމްލަ 6 ފިންގަރ ޖެޓީ ހެދުމަށް ރޭވިފައިވާ މަޝްރޫއެކެވެ. މީގެ ތެރޭގައި ހިމެނެނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެވެ.
މާލޭގެ އުތުރު ބަނދަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް މީހުންނާއި މުދާ އުފުލުމުގައި އެންމެ ބާރުބޮޑު އެއް މަރުކަޒަށް ވާއިރު، މި މަޝްރޫއުގެ މައިގަނޑު މަގުސޫދަކީ ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، އާންމު ދަތުރުވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން، މި ޖެޓީތައް ނިމި ހިދުމަތް ދޭން ފެށުމުން އެއްފަހަރާ ގިނަ އަދަދެއްގެ ލޯންޗުފަހަރަށް ފަސޭހަކަމާއެކު ބަނދަރާ ކައިރިކުރެވޭނެއެވެ.
މިހާރު ބަނދަރު ފުރިފައި އޮތުމުގެ ސަބަބުން، ދަތުރުވެރިންނަށް ބޭރުގައި އޮންނަ ލޯންޗަށް ދާންޖެހެނީ އެތެރޭގައި އަޅާފައި ހުންނަ އެތައް ލޯންޗެއްގެ މަތިން ހިނގާފައެވެ. ނަމަވެސް، މި މަޝްރޫއު ނިމުމުން އެ އުނދަގޫތަކަށް ނިމުމެއް އައިސް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި އަދި ބަރު ލަގެޖު އުފުލާ ފަރާތްތަކަށް އުޅަނދުތަކަށް އަރައިފޭބުމުގައި ބޮޑު ރައްކާތެރިކަމަކާއި ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
މި މަޝްރޫއު ފުރިހަމަވުމާއެކު ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އައިސް، އުޅަނދުފަހަރު ފުރުމާއި ލެފުމުގައި ހޭދަވާ ވަގުތު ކުޑަވެ، ބަނދަރުގެ ހިދުމަތްތައް އިހުނަށްވުރެ އެތައް ގުނައެއް އަވަސްވެގެންދާނެއެވެ.

Column installation for the 15-meter jetties is now complete for the Design and Build of Jetties in Malé North Harbour (Finger Jetty) Project.
— MTCC Plc (@MTCCPlc) October 20, 2026
Reinforcement works are progressing steadily, while concrete works are expected to commence this week.
#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
ދައުލަތުގެ ބަޖެޓުން 18.98 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޖުމްލަ 6 ފިންގަރ ޖެޓީ ހެދުމަށް ރޭވިފައިވާ މަޝްރޫއެކެވެ. މީގެ ތެރޭގައި ހިމެނެނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެވެ.
މާލޭގެ އުތުރު ބަނދަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް މީހުންނާއި މުދާ އުފުލުމުގައި އެންމެ ބާރުބޮޑު އެއް މަރުކަޒަށް ވާއިރު، މި މަޝްރޫއުގެ މައިގަނޑު މަގުސޫދަކީ ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، އާންމު ދަތުރުވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން، މި ޖެޓީތައް ނިމި ހިދުމަތް ދޭން ފެށުމުން އެއްފަހަރާ ގިނަ އަދަދެއްގެ ލޯންޗުފަހަރަށް ފަސޭހަކަމާއެކު ބަނދަރާ ކައިރިކުރެވޭނެއެވެ.
މިހާރު ބަނދަރު ފުރިފައި އޮތުމުގެ ސަބަބުން، ދަތުރުވެރިންނަށް ބޭރުގައި އޮންނަ ލޯންޗަށް ދާންޖެހެނީ އެތެރޭގައި އަޅާފައި ހުންނަ އެތައް ލޯންޗެއްގެ މަތިން ހިނގާފައެވެ. ނަމަވެސް، މި މަޝްރޫއު ނިމުމުން އެ އުނދަގޫތަކަށް ނިމުމެއް އައިސް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި އަދި ބަރު ލަގެޖު އުފުލާ ފަރާތްތަކަށް އުޅަނދުތަކަށް އަރައިފޭބުމުގައި ބޮޑު ރައްކާތެރިކަމަކާއި ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
މި މަޝްރޫއު ފުރިހަމަވުމާއެކު ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އައިސް، އުޅަނދުފަހަރު ފުރުމާއި ލެފުމުގައި ހޭދަވާ ވަގުތު ކުޑަވެ، ބަނދަރުގެ ހިދުމަތްތައް އިހުނަށްވުރެ އެތައް ގުނައެއް އަވަސްވެގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު