ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާއެއް އެޅުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގާ ބޮޑު މަޝްރޫއު ނިމުމުން އެ ތަނުން އެއްވެސް ތަނެއް އިސްރާއީލް މީހަކަށް ނުގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރަސްމާލޭގައި ޔަހޫދީންގެ އާބާދީއެއް ގާއިމުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރަށްވައިފައެވެ. އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަމުން ދަނީ އެ ސަރަހައްދުގައި އިސްރާއީލް މީހުން ވަޒަންވެރިކުރުވައި، އެ މީހުންނަށް ޕްރޮޕަޓީތައް ވިއްކަފާނެ ކަމަށް ބުނާ މައްސަލައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ބިދޭސީ އާބާދީއެއް އޮވެ އެހެން ދީންތަކަށް ފުރުސަތު ލިބޭނެ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިއަލް އެސްޓޭޓާ ބެހޭ ޤާނޫނެއް ތަޢާރަފުކުރައްވާނެ ކަމަށެވެ. އީގަލް ހިލްސްއިން ތަރައްޤީކުރާ ޕްރޮޕަޓީތަކުގެ ތެރެއިން ވަކި ޤައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ 25 އިންސައްތަ ކަމަށާއި، އިޒްރޭލު މީހުންނަށް ފުރުޞަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިޒްރޭލުގެ ރައްޔިތުންނަށް މި މަޝްރޫޢުގެ ތެރެއިންވެސް އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން އެއްވެސް މަޝްރޫޢަކުންވެސް އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކައި، ކުއްޔަށް ހޯދުމުގެ ފުރުޞަތު ނޯންނާނެ ކަމަށާއި، ޤާނޫނުގެ ތެރެއިން އެކަންކަން ބަންދުކުރައްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ. އަދި ބޭރުގެ ޤައުމުތަކުގެ ރައްޔިތުންނަށް ލިމިޓުތަކެއް ކަނޑައެޅި ނަމަވެސް، ދިވެހިންނަށް ރަސްމާލޭން ޕްރޮޕަޓީ ގަތުމުގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށާއި، ދިވެހިން ބޭނުންނަމަ އެތަނުގެ ހުރިހާ ޕްރޮޕަޓީއެއް ގަތުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިޒުރޭލުގެ ރައްޔިތަކަށް މިތަނުން، ގާނޫނުން މަނާވާނެ، މިތަނުން އެއްވެސް ތަނެއް ހޯދުން." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްޤީ ހަގީގަތަކަށް ހަދައިދޭނެ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށެވެ. އެހެން ނަމަވެސް، އެ ސަރަހައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތައް ކަމަށާއި، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެތަނުގައި އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރަސްމާލޭގައި ތަރައްޤީކުރާ ތަންތަން ގަންނަ ފަރާތްތަކާއި ޒިޔާރަތްކުރާ ފަތުރުވެރިން އެތަންތަނަށް އައިސްފައި ދާނީ. އެތަންތަނުގައި އެފަރާތްތަކުގެ ދީނީ އެއްވެސް ކަހަލަ ކަމަކަށް ފުރުސަތެއް ނޯންނާނެ. އެތާކު ނުހުންނާނެ އެމީހުންގެ ސްކޫލެއްވެސް." ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ މަރުކަޒެއް ގާއިމުކުރެވި، ފުލުހުން ހަރަކާތްތެރިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެއިން ވިއްކާ ޕްރޮޕަޓީތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތަންތަން ގަންނަ ފަރާތްތަކަށް ލިބޭނީ 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން، އެތަންތަން ދެން ވިއްކަން ޖެހޭނީ ދިވެހި ދައުލަތަށް ކަމަށާއި، އަލުން އެހެން ފަރާތަކަށް އެތަންތަނުގެ މިލްކުވެރިކަން (އޯނާޝިޕް) ބަދަލުކުރުމުގެ ފުރިހަމަ ހައްގު އޮންނާނީ ސަރުކާރަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢަކީ ގާތްގަނޑަކަށް 20 ބިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވައި، މިކަމުގައި ކަންބޮޑުވުން ހުރި އާންމު ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު