މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ އެންމެހައި ފަރާތްތަކެއްގެ ޙައްގުތައް ކަށަވަރުވާނެހެން އިސްލާމީ ޝަރީޢަތުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި މަރުގެ އަދަބު ކަނޑައެޅިފައިވީ ނަމަވެސް އަދި ޝަރުޢީ ތިން މަރުޙަލާ ނިމި ހުކުމް ސާބިތުވެފައިވާ ކުށްވެރިން ތިބި ނަމަވެސް، ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި އެ އަދަބު ތަންފީޒުކޮށްފައި ނުވާ ކަމަށެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވުމާއެކު، އިސްލާމްދީނުގައި ބަޔާންކުރާ ގޮތަށް ޤިޞާޞް ހިފުމަކީ ދައުލަތުން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޖިލީހަށް ހުށަހެޅުނު ބިލުގައި މައިގަނޑު ދެ ކަމެއް ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ޤިޞާޞް ހިފުމުގެ އުޞޫލުތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި މަރުގެ އަދަބު ދިނުމަށް ކަނޑައެޅޭ މިންގަނޑުތައް ކަމަށެވެ.
ކީރިތި ޤުރުއާނުގައި ޤިޞާޞް ހިފުމުގައި ފުރާނަތަކަށް ދިރުމެއްވާކަން އަންގަވާފައިވާކަން ހަނދާންކޮށްދެއްވަމުން، މި އަދަބު ތަންފީޒުކުރުމަކީ މީހުން މެރުން ފަދަ ނުރައްކާތެރި ޖަރީމާތަކަށް އަރައިގަތުމަށް ކުށްވެރިން ޖެހިލުންވެ، މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ ހަމަތަކާއި ޤާނޫނުތައް ހަދަންޖެހެނީ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކާ އެއްގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ޙާލަތަށް ގޮސްފައިވާ ކަމެއް ހިފަހައްޓައި އަދަބު ނުދީ ބެހެއްޓުމަކީ ވެރިޔާއަށް ލިބިގެންވާ ޙައްޤެއް ނޫން ކަމަށާއި، މި ސަރުކާރުގެ ސިޔާސަތަކީ ޤާނޫނުގައިވާ ގޮތުގެ މަތިން ޤިޞާޞް ތަންފީޒުކުރުން ކަމަށް ސާފުކޮށް މައުލޫމާތު ދެއްވިއެވެ.
މި ނިންމެވުމާ ދެކޮޅުހަދާ ފަރާތްތަކެއް ތިބެދާނެކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ބިލު އެކުލަވާލާފައިވަނީ ޝަރުޢީ ތިން މަރުޙަލާ ފުރިހަމަވުމުގެ އިތުރުން، އެންމެ ފަހު ވަގުތާ ހަމައަށްވެސް މަރުވި މީހާގެ ވާރުތަވެރިންނަށް ގާތިލަށް މަޢާފުކުރުމުގެ އިޚްތިޔާރު ލިބިދޭ ގޮތަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން، މި ބިލުގެ މައިގަނޑު އަމާޒަކީ ދެ ފަރާތުގެ ޙައްޤުތައްވެސް ރައްކާތެރިކޮށް، އަދުލު އިންސާފު ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު