ދިވެހިރާއްޖޭގައި ހިންގާ ރިއަލް އެސްޓޭޓްގެ އެންމެހައި މުއާމަލާތްތަކާއި ވިޔަފާރިތައް ހަރުދަނާ އުސޫލެއްގެ ދަށުން ރެގިއުލޭޓް ކުރުމުގެ ބޭނުމުގައި، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެ ބިލުގެ މަސައްކަތް މަޖިލީހުގައި ފަށައިފިއެވެ.
މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖޭގެ ރިއަލް އެސްޓޭޓް ޒޯނަކުން އެއްވެސް ބާވަތެއްގެ ޕްރޮޕަޓީއެއް މިލްކުކުރުމުގެ ފުރުޞަތު އެއްކޮށް ބަންދުކުރުމެވެ.
އެގޮތުން، ރާއްޖެއިން މުދަލެއް ގަންނަން ހުށަހަޅާ ކޮންމެ މީހެއްގެ ޤައުމިއްޔަތު ވަރަށް ރަނގަޅަށް ބަލައި ޔަޤީންކުރުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި ޑިވެލޮޕަރުންނަށް މި ބިލު މެދުވެރިކޮށް ލާޒިމުކޮށްފައިވެއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ރިއަލް އެސްޓޭޓް ދާއިރާ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމެވެ.
މި ދާއިރާއާ ގުޅޭ މުހިންމު ސިޔާސަތުތައް އެކުލަވައިލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމުގައި ޚާއްޞަ މުއައްސަސާއެއް އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ.
އަލަށް އުފައްދާ މި އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ބްރޯކަރުންނާއި އެޖެންޓުންނަށް ލައިސެންސް ދޫކުރުމާއި، މަޝްރޫޢުތައް ރަޖިސްޓްރީކުރުމާއި، މިންގަނޑުތަކަށް މަސައްކަތް ކުރިއަށްދާކަން މޮނިޓަރ ކުރުމުގެ އިތުރުން މުދަލުގެ ރަޖިސްޓްރީއާއި ދަފުތަރު ބެލެހެއްޓުން ހިމެނެއެވެ.
މީގެއިތުރުން، މާލީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރަން ޖެހޭނީ ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، މަޝްރޫޢު ހިންގާ މަރުޙަލާގައި ވެސް ޕްރޮޖެކްޓަށް ޚާއްޞަ އެކައުންޓެއް ރާއްޖޭގެ ބޭންކެއްގައި ޤާއިމުކުރަން ލާޒިމުކުރާ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.
އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކާ ގުޅޭގޮތުން ބިލުގައި ވަނީ ޚާއްޞަ ޝަރުޠުތަކެއް ކަނޑައަޅާފައެވެ.
އެގޮތުން، މަދުވެގެން އެކެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ގެނައުމާއެކު، އެފަދަ ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދުގައި އެންމެ ކުޑަމިނުން 200 ހެކްޓަރު ހުންނަންޖެހޭނެއެވެ.
އަދި ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމުގައި ކަނޑައެޅުމުގެ އިތުރުން، ޕްރޮޕަޓީތައް ވިއްކައިގެންނާއި ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ މަދުވެގެން 10 އިންސައްތަ ދަޢުލަތަށް ދައްކަންޖެހެއެވެ.
ސިންގަލް ނޭޝަނަލިޓީ ކޮންސެންޓްރޭޝަން ހުއްޓުވުމަށްޓަކައި ވަކި އެއް ޤައުމެއްގެ ބަޔަކަށް އެއް ޒޯނަކުން މިލްކުކުރެވޭނީ ޕްރޮޕަޓީތަކުގެ އެންމެ ގިނަވެގެން 25 އިންސައްތަކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، މިފަދަ އެއްވެސް ޒޯނެއްގައި މާތްވެގެންވާ އިސްލާމްދީނާ ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ ޙަރަކާތެއް ހިންގުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު