ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ތަރައްގީކުރާ 500 ހެކްޓަރުގެ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރު ކަމަށް ބުނެ ދާދިފަހުން ނެރުނު ރިޕޯޓަކަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިނިސްޓަރު މުއްޠަލިބު އެމަނިކުފާނުގެ ލިންކްޑް-އިން ޕްރޮފައިލްގައި ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ، ރަސްމާލޭގެ ބިން އެއްވެސް އަގަކާ ނުލައި ދޫކޮށްލަނީ ކަމަށާއި، ގަރުނެއް ވިޔަސް އެ ބިމުގެ އަގު ދައުލަތަށް އަނބުރާ ނުލިބޭނެ ކަމަށް ބުނެ ދައްކަނީ ހަގީގަތާ މުޅިން ޚިލާފު އަދި ބިމުގެ އިގްތިސާދީ އަގު ވަޒަންކުރުމުގެ އެއްވެސް ހަމައެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، އެ ލިޔުމުގައި 24 ބިލިއަން ޑޮލަރުގެ އަދަދަކީ ހުޅުމާލޭގެ މިހާރުގެ އެވްރެޖް ބިމުގެ އަގު ކަމަށްވާ އަކަފޫޓަކަށް 7،500 ރުފިޔާގެ މަގުން، ރަސްމާލެއިން ހިއްކާ 500 ހެކްޓަރުގެ ހުރިހާ އަކަފޫޓަކަށް ހިސާބު ޖަހައިގެން ނެރެފައިވާ އަދަދެއް ކަމަށެވެ. ނަމަވެސް، ހުޅުމާލެ 1997 ގައި ހިއްކަން ފެށިއިރު އެ އަގު ނެތް ކަމަށާއި، މިއަދުގެ އަގަކީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ސަރުކާރުން މަގުތަކާއި، ޔުޓިލިޓީ ޚިދުމަތްތަކާއި، ސިނަމާލެ ބްރިޖު ފަދަ އިންފްރާސްޓްރަކްޗާއަށް ކުރި ބޮޑެތި ޚަރަދުތަކުގެ ނަތީޖާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން، އަދި ކިރިޔާ ހިއްކަމުންދާ، އެއްވެސް ޚިދުމަތެއް ނުވަތަ ބްރިޖެއް ނެތް ފަޅު ބިމަކަށް ހުޅުމާލޭގެ އަގު ނުޖެއްސޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ސަރަހައްދުން މިވަގުތު އަޅާކިޔޭނެ އެންމެ އިންސާފުވެރި މިންގަނޑަކީ ތިލަފުށި ކަމަށެވެ. އެގޮތުން ތިލަފުށީގެ ސިނާއީ ބިންތައް އަކަފޫޓަކަށް 1،750 ރުފިޔާއަށް ވިކޭއިރު، ތިލަފުއްޓަކީ ވިޔަފާރިތައް ހިނގަމުންދާ އަދި މާލެއާ ގުޅުވައިދޭ ބްރިޖު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ތަނެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، ރަސްމާލެއިން ހިއްކާ 500 ހެކްޓަރުގެ ހުރިހާ ބިމަކީ ވިއްކޭނެ ބިން ނޫންކަން ފާހަގަ ކުރަށްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު ވިއްކޭނީ ބިމުގެ ގާތްގަނޑަކަށް 48 އިންސައްތަ (ހައުސިންގ، ވިޔަފާރި އަދި ސިނާއީ ބިން) ކަމަށެވެ. އެއީ ގާތްގަނޑަކަށް 239 ހެކްޓަރެވެ. ބާކީ ބަޔަކީ މަގުތަކާއި، ޕާކުތަކާއި، ސްކޫލްތަކާއި މިސްކިތްތައް ފަދަ ޚިދުމަތްތަކަށް ޚާއްސަވާ ބައެވެ.
މީގެއިތުރުން، އެ ބިންތައް ވިއްކޭނީވެސް ފެނާއި، ނަރުދަމާއާއި، ކަރަންޓާއި މަގުތައް ހަދައި، ޔުޓިލިޓީ ގާއިމުކުރުމަށްފަހު ކަމަށާއި، 500 ހެކްޓަރަށް އެ ޚިދުމަތްތައް ދިނުމަށް އެއް ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ދައުލަތުން ކުރިން ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ގުޅީފަޅު ތަރައްގީކުރަން ބޭނުންވާ 400 މިލިއަން ޑޮލަރު ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ރަސްމާލެއަށް އެއް ބިލިއަން ޑޮލަރު ސަރުކާރުން އަމިއްލައަށް ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ ބިން ދައުލަތުން އަމިއްލައަށް ތިލަފުށީގެ އަގުގައި ވިއްކި ނަމަވެސް، އެއް ބިލިއަން ޑޮލަރުގެ ޚިދުމަތްތަކަށް ކެނޑުމަށްފަހު ލިބޭނީ ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް އީގަލް ހިލްސްއާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން އެއްވެސް ޚަރަދެއް ނުކޮށް ސަރުކާރަށް މާ ބޮޑު ފައިދާއެއް ލިބޭނެ ކަމަށް މުއްޠަލިބު ހާމަކުރެއްވިއެވެ.
އެގޮތުން ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތައިގެ ގޮތުގައި ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު (47.8 ބިލިއަން ރުފިޔާ) ލިބުމާއި، ކޮންމެ މުދަލެއް ވިއްކާ ކޮންމެ ފަހަރަކު 4 އިންސައްތައިގެ ފީއެއްގެ ގޮތުގައި 1.24 ބިލިއަން ޑޮލަރު ލިބުމާއި، ރަސްމާލެއިން އެއްވެސް ފައިސާއެއް ނުލިބެނީސް، ހުޅުމާލޭގައި އަޅާ 5،000 ހައުސިންގ ޔުނިޓް ޑިވެލޮޕަރުގެ ޚަރަދުގައި ކުރިއާލައި އަޅައިދިނުމާއި، 22 ބިލިއަން ޑޮލަރުގެ ސާފު ބޭރުގެ އިންވެސްޓްމަންޓް ލިބި، 60،000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރަސްމާލޭގެ ބިން ވިއްކާލަނީ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ބިން މިލްކުކޮށް ދިނުން ނޫން ކަމަށާއި، 99 އަހަރުގެ ކުއްޔަށް ދޫކުރާ ވިލާތަކާއި އެޕާޓްމަންޓްތައް އެހެން ފަރާތަކަށް ބަދަލުވާ ކޮންމެ ފަހަރަކު ސަރުކާރުގެ ހުއްދަ ބޭނުންވާނެ ކަމަށެވެ. އަދި ކޮންމެ މުއާމަލާތަކުން 4 އިންސައްތަ ދައުލަތަށް ދާއިމީކޮށް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. މުއްޠަލިބު ވިދާޅުވީ، ސަރުކާރަށް އޮތް ހަގީގީ އިޚްތިޔާރަކީ 24 ބިލިއަން ޑޮލަރާއި 4 ބިލިއަން ޑޮލަރާ ދެމެދު ނޫން ކަމަށެވެ. ސަބަބަކީ 24 ބިލިއަން ޑޮލަރަކީ ދުވަހަކުވެސް ލިބެން އޮތް އަދަދަކަށް ނުވާތީ ކަމަށާއި، ހަގީގީ އިޚްތިޔާރަކީ، ދަރަނި ނަގައިގެން އަހަރުތަކެއް ވަންދެން ބިން ފަޅަށް ބޭއްވުމުގެ ބަދަލުގައި، ވަގުތުން ދިވެހިންނަށް ބޯހިޔާވަހިކަމާއި، ވަޒީފާއާއި އިގްތިސާދީ ދިރުން ގެނެސްދޭނެ ވަރުގަދަ ޕާޓްނާޝިޕަކަށް ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލޭގެ އަނެއް 500 ހެކްޓަރު އޮތީ ދިވެހި 200،000 އަށްވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ރައްކާތެރިކުރެވިފައި ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު