ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް ޤާނޫނީ ހިމާޔަތް ކަށަވަރުކޮށްދިނުމުގެ ގޮތުން، "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު" މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ޤާއިމުކުރުމެވެ.
އަދި އަބުރާބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ އުޞޫލުތައް ބިލުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
އެގޮތުން އަބުރާބެހުމަކީ ކޮބައިކަމާއި، އެކަން މެދުވެރިވާނެ ޙާލަތުތަކުގެ އިތުރުން، އަބުރާބެހުނު ފަރާތުން މަޢާފަށް އެދުމާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު