ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ސްކޭމްގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މުހައްމަދު ރީހާން(33އަހަރު) ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ ހަތް ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ރީހާންއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ފޮނުވި އީމެއިލްއާއި އޭގެ ރިޕްލައި އަދި އަހުމަދު ސުޖާއު ނަމަކަށް ކިޔާ މީހަކު ދިން ބަޔާންވެސް ހުށަހަޅާފައި ވެއެވެ.

އެ މައްސަލައިގައި ހަގީގަތަށް ވާސިލުވުމަށްޓަކައި އިންޓަނެޓް ބޭންކިން ހިދުމަތް އެކްޓިވޭޓް ކުރި ތާރީހާއި ސިމްކާޑު ނެގި ތާރީހު ބަލައި މި މައްސަލައިގައި ތުހުމަތުކުރެވޭ ސުޖާއު ދީފައިވާ ބަޔާނުގައިވާ މައުލޫމާތަކާއި ދިމާވޭތޯ ބެލުން މުހިންމުކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު