ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އައްޑޫ ސިޓީ (ހުޅުދޫ އަދި މީދޫ ހިމެނޭހެން) އާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރަސްމީކޮށް ބަލައިގަނެ، އެ ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ބިލިންގ ސައިކަލް ފެށުމުގެ ގޮތުން މީޓަރު ރީޑިންގ ނެގުމަށްޓަކައި، ކުންފުނީގެ ރަސްމީ ޔުނިފޯމުގައި ތިބޭ މުވައްޒަފުން ގޭބިސީތަކަށާއި އެކި އިމާރާތްތަކަށް ޒިޔާރަތްކުރާނެއެވެ.
އެހެންކަމުން، މީޓަރު ހަރުކޮށްފައިވާ ސަރަޙައްދުތަކަށް މުވައްޒަފުންނަށް ފަސޭހައިން ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދީ، މި މަސައްކަތުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ.
އަދި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ލުއިފަސޭހަކަމާއެކު ހޯދުމަށްޓަކައި އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕްލިކޭޝަން (އެންޑްރޮއިޑް އަދި އައި.އޯ.އެސް) ޑައުންލޯޑްކޮށް، އެކައުންޓް ރަޖިސްޓްރީ ކުރުމަށް ކުންފުނިން އިލްތިމާސްކުރެއެވެ.
ޚިދުމަތް ބަދަލުވަމުންދާ މި މަރުޙަލާގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތަށް އެއްވެސް ބުރޫއެއް ނުއަރައި، މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމްޑަބްލިޔުއެސްސީން ދެއެވެ.
މީގެއިތުރުން، ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށްވެސް ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.
ކަސްޓަމަރުންނަށް ގާތުން ޚިދުމަތް ދިނުމުގެ ގޮތުން ވަގުތީ ކަސްޓަމަރ ސަރވިސް ކައުންޓަރުތައްވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.
އެގޮތުން އައްޑޫ ސިޓީ ބްރާންޗް ފޭދޫ ހިރިޔާ މަގުގައި ޤާއިމުކޮށްފައިވާއިރު، ފުވައްމުލައް ސިޓީ ބްރާންޗް ޤާއިމުކޮށްފައިވަނީ މިސްކިތް މަގު، ނައިބުތުއްތު ހިނގުމުގައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 ނުވަތަ [email protected] މެދުވެރިކޮށް ގުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު