އިންޑިއާގެ ކަނޑުގެ ސިފައިންގެ ފަސްޓް ޓްރެއިނިންގ ސްކޮޑްރަންއަށް ނިސްބަތްވާ ތިން އުޅަނދެއް ރަސްމީ ދަތުރެއްގައި މިއަދު މާލެ އަތުވެއްޖެއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ، މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ އިންޑިއަން ނޭވީގެ "އައި.އެން.އެސް ތިރު" އާއި "އައި.އެން.އެސް ސުޖާތާ" ގެ އިތުރުން އިންޑިއަން ކޯސްޓްގާޑުގެ އުޅަނދެއް ކަމަށްވާ "އައި.ސީ.ޖީ.އެސް ސާރަތީ" ކަމަށެވެ. މި އުޅަނދުތައް ރާއްޖެއަށް މިކުރާ ޒިޔާރަތަކީ އަސްކަރީ ތަމްރީނު ދަތުރެއްގެ ތެރެއިން ކުރާ ޒިޔާރަތެކެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި ކަނޑުގެ ސަލާމަތާ ގުޅޭ ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ. މި ދަތުރުގެ ތެރެއިން ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި، ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ތަމްރީނުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިޖުތިމާޢީ އެކިއެކި ހަރަކާތްތައް (ކޮމިއުނިޓީ އައުޓްރީޗް) ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އިންޑިއާގެ އަސްކަރީ ތަމްރީނު މަނަވަރުތައް ރާއްޖެއަށް ޒިޔާރަތްކޮށްފައި މިވަނީ ދެ ޤައުމުގެ ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، ސަރަޙައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ތިން އުޅަނދު ރާއްޖެ އައުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެ އުޅަނދުތަކަށް މަރުހަބާ ކިޔާފައެވެ. އެމްއެންޑީއެފުން ބުނީ، އިންޑިއާ ކަނޑުގެ ސިފައިންގެ މި ޒިޔާރަތުގެ ތެރޭގައި ތަމްރީނުތަކާ ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށާއި، ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި އުޅަނދުތަކުގެ ކޮމާންޑިންގ އޮފިސަރުން ކަމަށްވާ ކެޕްޓަން ޓީޖޯ ކޭ ޖޯސެފް (އައި.އެން.އެސް ތިރް)، ކޮމާންޑަރު ޖިޝްނޫ މަދަވަން (އައި.އެން.އެސް ސުޖާތާ) އަދި ކޮމާންޑަންޓް ކުންދަން ސިންގް (އައި.ސީ.ޖީ.އެސް ސާރަތީ) ވަނީ މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު