މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ "މަޖުނޫން" ޕްރިމިއާ ކޮށްފައިވާއިރު، މި ފިލްމަށް ލިބެމުންދާ ތަރުހީބުންވެސް މިއީ ހަގީގަތުގައިވެސް ހިތާ ކުޅެލާ، އަދި ދިވެހި ތާރީހުގައި ލިޔެވިދާފަދަ އަޖާއިބުކުރުވަނިވި މޮޅު ފިލްމެއްކަން ހާމަވެއެވެ.
ރޭ ޕްރިމިއާ ކުރި މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، ނަހުލާގެ އެހެން ފިލްމުތަކާ ވަރަށް ތަފާތު، ހީވެސް ނުކުރާފަދަ ފިލްމެކެވެ. ތެދަށް ބުނާނަމަ، ފިލްމުގެ ސަސްޕެންސް، ތުރިލް، އަދި އަސަރުތައް އެކުލެވިގެންވަނީ ހައިރާންކުރުވަނިވި ފުރިހަމައަށެވެ. ފިލްމުގެ ކޮންމެ މަންޒަރަކުންވެސް ހަގީގީ އިހުސާސްތަކެއް ކުރުވިއެވެ. ސިއްސައިގެން ގޮސް ގައިން ހީބިހި ނަގާފަދަ މަންޒަރުތައްވެސް މި ފިލްމުން ފެނިގެން ދިޔައެވެ. މި ފިލްމަކީ ބެލުންތެރިން އެއްވެސް ހާލަތެއްގައި ޑިސެޕޮއިންޓް ނުވާނެފަދަ ފިލްމެކެވެ.
ފިލްމުގެ ކޮންމެ ޝޮޓެއް ފެނިގެން ދިޔައީ ވަރަށް ފުރިހަމަކޮށެވެ. ވަގުތާއި ހާލަތާ ގުޅުވައިގެން މަންޒަރުތައް ގެނެސްދީފައިވާ ގޮތް ނުހަނު ފުރިހަމަވެފައި، ފިލްމުގެ ސިނެމަޓޯގްރަފީ އަކީ ބަލާލަން ނުހަނު ހިތްގައިމު މަސައްކަތެކެވެ. ކޮންމެ އެކްޓަރަކުވެސް އެމީހެއްގެ ރޯލު ވަރަށް ފުރިހަމައަށް އަދާކޮށްފައިވެއެވެ. އަދި އެމީހުންގެ އެކްޓިންގެ ސަބަބުން ބެލުންތެރިންނަށް އެ ކެރެކްޓަރުންނާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދިގެންދިޔައެވެ.
މި ފިލްމުގެ ޕްލޮޓަކީ އުންމީދުކޮށްގެން ތިބި ގޮތާ މުޅިން ތަފާތު ޕްލޮޓެކެވެ. ޓްރެއިލާ ބަލާފައި ވާހަކަ ދާނެ ގޮތެއް އެކަކަށްވެސް އަންދާޒާ ކުރަން ނޭނގުމަކީ ފިލްމުގެ ކާމިޔާބީއެވެ. ފިލްމުގައި ހިމެނޭ ސިއްރުވެރިކަމާއި، ސަސްޕެންސް އަދި ތުރިލާ މަންޒަރުތަކުގެ ސަބަބުން ބެލުންތެރިން ފިލްމަށް ހުއްޓިފައި ތިބެން މަޖުބޫރުކުރުވިއެވެ.
މި ފިލްމާ ގުޅޭ ގޮތުން އެންމެންވެސް ބުނަމުންދަނީ މިއީ އަޖާއިބުކުރުވަނިވި ފިލްމެއް ކަމަށެވެ. ފިލްމުގެ ޕްރީ ސްކްރީނިން އަށްފަހު ނަހުލާ ވަނީ މި ފިލްމަކީ ތާރީހުގައި ލިޔެވޭނެ ފަދަ ފިލްމެއްކަމުގެ ޔަގީންކަން ދީފައެވެ. އަދި ފިލްމު ބަލާލުމުން މިއީ ހަގީގަތެއްކަން ހަމަ ރަނގަޅަށްވެސް އެނގެއެވެ. މިއީ ދިވެހި ސިނަމާގެ ތާރީހުގައި ލިޔެވިގެންދާނޭ، މޮޅު އަދި ވަރަށްވެސް ތަފާތު، ހައިރާންކުރުވަނިވި ފިލްމެއް ކަމަށް ފިލްމު ބަލާލަން ދިޔަ އެންމެންވެސް ދަނީ ބުނަމުންނެވެ.
ނަހުލާގެ ފިލްމުތަކަކީ އަބަދުވެސް ވަރަށް ފުރިހަމަ އަދި ބެލުންތެރިން ޑިސެޕޮއިންޓު ނުކުރާ ފިލްމުތަކެއްކަން އެންމެންވެސް ގަބޫލު ކުރެއެވެ. މިއީ އެކަމަކު ހައިރާންކުރަނިވި، ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ސަޕްރައިޒިންގ އަދި ތަފާތު މޮޅު ޕްރޮޑަކްޝަނެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް އުފައްދާފައިވާ ފިލްމުތަކާ ޗެލެންޖުކުރާފަދަ އަޖައިބުކުރަނިވި ފިލްމެއްކަން ފިލްމެއް ކަމަށް ބެލުންތެރިން ދަނީ ބުނަމުންނެވެ.
ހަމައެއާއެކު މިއީ ދިވެހި ފިލްމީ ދާއިރާއިން މިހާތަނަށް ފެނިފައިނުވާފަދަ ފުރިހަމަ ތުރިލާ ލަވް ސްޓޯރީއެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ."މަޖުނޫން" އަކީ ދިވެހި ފިލްމީ ސިނަމާގައި ވަރުގަދަ، ތަފާތު އަދި ފުން ވިސްނުންތަކެއް ގެނެސްދޭ ވާހަކަތައް ކިޔައިދެވިދާނެކަމުގެ ދިރިހުރި މިސާލެއް ކަމަށްވެސް ބެލުންތެރިންގެ ކޮމެންޓުތަކުން އެނގެއެވެ.
މިއީ ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ. ނަހުލާގެ މި މަސައްކަތަކީ ވަރަށް ފުރިހަމަ، ހަނދާނުން ފިލައިގެން ނުދާނެ ފަދަ މަސައްކަތެކެވެ. ފިލްމު ނުބަލާ ފަރާތްތަކުން ލަސްނުކޮށް ޓިކެޓު ބަލައިގަނެ މި ފިލްމު ސިނަމާގައި ތަޖުރިބާ ކޮށްލަން ޖެހެއެވެ.
މިފަހަރު އޮލިމްޕަސް ލިބިފައިވަނީ މަދު ދުވަސްކޮޅަކަށްކަމުން ފިލްމު ބަލާލަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް ޓިކެޓު ނެގުމަށް ފިލްމުގެ ޓީމުން އެދެއެވެ. "މަޖުނޫން" ގެ ގިނަ ޝޯތަކެއް މިހާރުވެސް ފުލްވެފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. ޓިކެޓް 7844422 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮންލައިންކޮށްވެސް ގަނެލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު