ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ސަރުކާރުން ކުރިއަށްގެންދާ ތާރީޚީ އަދި ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަފުޅު ދައްކަވައިފިއެވެ.

އަމީރު ވިދާޅުވީ، ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތައް އާންމުކޮށް ހުޅުވާލެވިގެން އަދި ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދާނަމަ އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނޯންނާނެ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަކީ އެމްޑީޕީން ވެސް ދެކޮޅު ކަމެއް ނޫން ކަމަށާއި، ނަމަވެސް މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ދެފުށް ފެންނަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އީގަލްސް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުންނާއި ގައުމުގެ މާލީ ކަންކަމާ ގުޅޭގޮތުން ވެސް އަމީރު ވަނީ އިދިކޮޅު ޕާޓީގެ ވިސްނުމުގައި ފާޑުވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރި ނަމަވެސް، މި ސަރުކާރުން އަބަދުވެސް އިސްކަންދެނީ ގައުމުގެ ހައްގުގައި އަދި ރައްޔިތުންނަށް ދިގުމުއްދަތަކަށް ފައިދާކުރާނެ އިގްތިސާދީ ވަރުގަދަ ބިންގަލެއް އެޅުމަށެވެ. އެގޮތުން ރަސްމާލެ މަޝްރޫއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ އެހީގައި ދައުލަތުގެ ބަޖެޓަށް ބުރަނުވާނެހެން ގައުމު ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ އުންމީދީ މަސައްކަތެކެވެ.

މި ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ، ގާނޫނީ ހަމަތަކުގެ މަތިން އިގްތިސާދު ސިންދަފާތުކޮށް، ގައުމަށް ބޭނުންވާ ބޭރު ފައިސާ އިތުރުކުރެވޭނެ ހަރުދަނާ ސިޔާސަތުތަކަކާއެކު ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމެވެ. އަދި ފާޑުކިއުންތަކާއެކު ވެސް، ގައުމީ ތަރައްގީގެ މިފަދަ މުހިންމު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި ސަރުކާރު އޮތީ ސާބިތުކަމާއެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް