އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓްގައި ބޯހިޔާވަހިކަމަށް 3 ބިލިއަން ރުފިޔާ އާއި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅުއްވި ބަޖެޓުގެ ޖުމްލަ ޢަދަދަކީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތްސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާ ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ހުށައަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ބަޖެޓުން 10.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ.....



ކިޔުންތެރިންގެ ހިޔާލު