އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވި މިހާރުގެ ރައީސް ޓްރަމްޕްގެ އުޅުން ބޮޑަށް ވައްތަރީ އެމްޑީޕީގެ މެމްބަރަކާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު)، ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަޙްމަދު ޝަރީފަށް ރައްދު ދެއްވައިފިއެވެ.
އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބުނު ކަމަށް ވިދާޅުވެ ޑރ، ޝަހީދު ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ދިވެއްސެއް ކަމަށާއި، ޕީޕީއެމްގެ ރަތްލާޖެހި މެމްބަރެއް ކަމަށް ވިދާޅުވެފައެވެ. ޑރ. ޝަހީދު ވަނީ ބަލި ޤަބޫލުކުރުމެއް ވޯޓުގެ ނަތީޖާ އަކަށް ބެލުމެއް ނެތް ކަމަށާއި، އެއީ 2018 ގެ އިންތިޚާބުގައި ރާއްޖެއިންވެސް ފެނުނު މަންޒަރު ކަމަށް ވިދާޅުވެ ހަޖޫ ޖައްސަވާފައެވެ.
"އަލުން ބައި ބަހަން ވާނީ. އަލުން ވޯޓް ލާންވާނީ." ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީދުގެ ވާހަކަތަކަށް ރައްދު ދެއްވައި މުންދު ވިދާޅުވީ، ޓްރަމްޕްގެ އުޅުއްވުން ބޮޑަށް ވައްތަރީ ޑރ. ޝަހީދުގެ ކުރީގެ ސާހިބު، ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ކަމަށެވެ. އެހެން ކަމުން ޓްރަމްޕް ވާނީ އެމްޑީޕީގެ މެމްބަރަކަށް ކަމަށް މުންދު ވިދާޅުވިއެވެ.

"އަބުރާބެހުުން، ދޮގުހެދުން، ދެއަނގައިން ވާހަކަދެއްކުން، މަވެތިކަން، މެދު ނުކެނޑި ޓްވީޓް ކުރެއްވުން، މައިންބަފައިން ކޮޅަށްޖެހި ވިޔަފާރި ފުނޑާލުން، މިހެން އައިސް ލައްކަ ގިނަ ގޮތްގޮތް ދެންނެވިދާނެ." ޑރ. ޝަހީދަށް ރައްދު ދެއްވަމުން މުންދުގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ޖޯ ބައިޑަން ކާމިޔާބު ކުރެއްވި ނަމަވެސް ބަލި ޤަބޫލުކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ކޯޓަށް ވަޑައިގެންފައިވާއިރު، ޓްރަމްޕް ވިދާޅުވީ ވޯޓް ވަނީ އޮޅުވާލާފައި ކަމަށެވެ. މިއީ 2018 ގެ އިންތިޚާބުގައި ރާއްޖެއިންވެސް ފެނިފައިވާ ފަދަ މަންޒަރެކެވެ. އެފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބޮޑުތަނުން ބަލިވެވަޑައިގެންނެވުމުން ކޯޓަށް ވަޑައިގެންނެވީ ބަލި ގަބޫލު ކުރެއްވުމަށްފަހު އޭގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު