ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެކިފަރާތްތަކުން ހޯދާފައިވާ މުދަލާއި ޚިދުމަތްތަކަށް ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާގެ އަދަދު ތިން ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ފެނަކައިން މުދަލާއި ޚިދުމަތް ހޯދައިގެން ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު ވަނީ 3.51 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރު ކަމަށްވާ 2023 ވަނަ އަހަރު ނިމުނުއިރު ސަޕްލަޔަރުންނަށް ދައްކަން އޮތް 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެކެވެ.
މީގެއިތުރުން، އެކި ގޮތްގޮތުން އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ ދަރަނީގެ އަދަދު މިހާރު ވަނީ 3.59 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފެނަކައިގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކޮށް، ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެ ކުންފުނީގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ބޭނުންވާ އެކަށީގެންވާ ހެކި ލިބެން ނެތުމުގެ ސަބަބުން، މާލީ ބަޔާންތަކުގެ ސައްހަކަމާމެދު ވަނީ ބޮޑެތި ސުވާލުތަކަކާއި ޝައްކުތަކެއް އުފެދިފައިވާ ކަމަށެވެ.
މާލީ ރިޕޯޓްތައް ދައްކާގޮތުން 2024 ވަނަ އަހަރު އެ ކުންފުނި ނިންމާލާފައިވަނީ 547 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ އެކުގައެވެ. އަދި އޭގެ ކުރީ އަހަރު ކަމަށްވާ 2023 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ވަނީ 811 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.
މިފަދަ ބޮޑެތި މާލީ ގެއްލުންތަކާއި ދަރަނިތަކުގެ ސަބަބުން ކުންފުނި ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ ފެނަކަ އުވާލުމަށް ނިންމަވާފައެވެ. އަދި އެ ކުންފުނިން ދެމުންގެންދިޔަ ޚިދުމަތްތަކާއި މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު