ކޮރަޕްޝަންގެ ދައުވާ ސާބިތުވެފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ 19 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދީނާގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކު ފެނަކައިން ވި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކުރިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައިގައި އުފުލި ދައުވާއެކެވެ. ދީނާގެ އެ އަމަލުގެ ސަބަބުން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި މައްސަލައާ ގުޅޭ ގޮތުން އާންމުކުރި މައުލޫމާތުގައި ވެއެވެ.
މި މައްސަލައިގައި ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.
މި މައްސަލައިގެ އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ދައުލަތުން އެދިފައިވަނީ މި ކުށަށް ކަނޑައެޅިފައިވާ އަސާސީ މިންވަރުގެ އަދަބެއް ދިނުމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނަކީ ސީރިއަސް މައްސަލައެއް ނަމަވެސް، މި އަމަލުން ދީނާއަށް ސީދާ މާލީ މަންފާއެއް ލިބިފައިނުވާތީއާއި، އޭނާއަކީ ތުއްތު ކުދިން ބަލަމުން އަންނަ އެކަނިވެރި މައެއް ކަމަށްވާތީ އަދަބު ބޮޑުކުރުމަށް ދައުލަތުން އެދިފައެއް ނުވެއެވެ.
ދީނާގެ ވަކީލުން އެދުނީ ދީނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އަދަބު ލުއިކޮށްދިނުމަށް ނުވަތަ ޖޫރިމަނާއެއް ނުވަތަ ގޭބަންދަކަށް ބަދަލުކޮށް ދިނުމަށެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ސީރިއަސް މައްސަލަތަކެއް ހުރުމުން ދީނާ ބަންދު ތަންތަނުގައި ނުބެހެއްޓުމަށް ޑޮކްޓަރުން ލަފާދީފައިވާކަން ވަކީލުން ފާހަގަކުރެއްވިއެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޟީ އާދަމް މުހައްމަދު ވަނީ ދީނާގެ އަދަބު ލުއިކޮށްދިނުމަށާއި ގޭބަންދަށް ބަދަލުކުރުމަށް ދެކޮޅު ހައްދަވާފައެވެ. ޤާޟީ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި، މުޖުތަމައުގެ މަސްލަހަތު ގެއްލޭތީ ޖަލު އަދަބެއް ދިނުން ލާޒިމުވާ ކަމަށެވެ. އަދި ޖަލު ހުކުމެއް ތަންފީޒު ނުކުރެވޭ ފަދަ ސިއްހީ ހާލަތެއް ދީނާއަށް ދިމާވެފައިވާ ކަމުގެ ރަސްމީ މެޑިކަލް ލިޔުމެއް ހުށަހަޅާފައި ނެތްކަން ޤާޟީ ފާހަގަ ކުރެއްވިއެވެ.
ފެނަކައިގެ މި ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ވެސް ކުށް ސާބިތުވެ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައި ވެސް ދައުލަތުން ވަނީ ދީނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ. އަދި 2018 ގެ ތެރޭގައި ފެނަކައިން ކުއްޔަށް ހިފި ދޯންޏެއް އޭނާގެ ގާތް މީހަކަށް ކުއްޔަށް ދިން މައްސަލަވެސް އޭސީސީން ޕީޖީއަށް ހުށައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު