ކްރޮސްރޯޑްސް ކައިރިއަށް މަހަށް ގޮސް އުޅުނު ޑިންގީއަކަށް ދިޔަވެ، ހާލުގައި ޖެހުނު 11 ދިވެހިންނަށް އެމްއެންޑީއެފް ކޯސްޓްގާޑުން ރޭ އެހީތެރިކަން ފޯރުކޮށްދީ އެމީހުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ކްރޮސްރޯޑްސްގެ އިރުމަތީ ފަރާތުގައި އޮންނަ ފިނޮޅެއް ކައިރިއަށް މަހަށް ގޮސް އުޅުނު ޑިންގީއަކަށް ދިޔަވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 20:11 ހާއިރު ކަމަށެވެ. އެ މަޢުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބަރކްރާފްޓް 113" ލޯންޗު ވަނީ ޑައިވަރުންނާއި ފެން ހިއްކާ ޕަންޕާއެކު ވަގުތުން އެސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
ކޯސްޓްގާޑުގެ ޑައިވަރުން އެ ޑިންގީ ބެލިބެލުމުން އުޅަނދުގެ ބޭރު ފުށަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ވަނީ އެނގިފައެވެ. އެހެންކަމުން، ޕަންޕު ބޭނުންކޮށްގެން ޑިންގީން ފެން ހިއްކުމަށްފަހު، އޭގައި ތިބި ތިން ފިރިހެނުންނާއެކު އެ ޑިންގީ ވަނީ ހުޅުމާލެއަށް ދަތުރުކޮށްފައެވެ.
މީގެއިތުރުން، އެ ވަގުތު ޑިންގީގައި ތިބި ހަތް އަންހެނުންނާއި ހަތް އަހަރުގެ ކުޑަކުއްޖާ، ކޯސްޓްގާޑުގެ އުޅަނދުގައި ރޭ 21:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެއަށް ގެންގޮސްދީފައެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ޑިންގީން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު